ހައުސިންގ މިނިސްޓްރީން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދެވި ވާނަމަ ބިލު ފޮނުވުމަށް އަދި ބިލު ފޮނުވާފައިވާނަމަ އެކަން ޔަގީން ކޮށްދިނުމަށް އެ މިނިސްޓްރީން އެދިއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ނެރިފައިވާ އިއިލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީއަށް ބިލް ހުށަހަޅުއްވައި ޕޭމްންޓް ލިބިފައިނުވާ ފަރާތްތަކުން މިނިސްޓްރީއަށް ބިލް ލިބިފައިވާކަން ޔަގީން ކޮށްދެއްވުމަށެވެ. އަދި ބިލް ހުށަހަޅާފައި ނުވާ ފަރާތްތަކުން ޑިސެމްބަރ 6 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާއަށ ބިލް ހުށަހެޅުމަށެވެ.
ހައުސިން މިނިސްޓްރީންވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ބިޑް ކުރުމެއްނެތި އެތައް ޕްރޮޖެކްޓެއް އެކި ފަރާތްތަކަށް ދީފައެވެ. ފާހަގަ ކޮއްލަން ޖެހޭ ކަމަކީ، ބްރިޖް ހުޅުވުމާއި ގުޅިގެން ހިންގި ހަރަކާތްތަކަށް އެކަނިވެސް 17 މިލިއަން ރުފިޔާ އެއް ކުންފުންޏަކަށް ދޭން މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވަނީ ތުހުމަތު ކުރެވެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އިން ފައިސާ ދޭން ޖެހޭ ފަރާތްތައް ބިލު ހުށަހަޅަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ