ކޮމަންވެލްތު ޕްރޮމޯޓު ކުރަން ޓުވީޓުކުރަން ސްކޫލް ކުދިންނާއި ޓީޗަރުންނަށް ސަރުކާރުން އަންގައިފި

ކޮމަންވެލްޓު ޕްރޮމޯޓުކުރަން ޓުވީޓު ކުރަން ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޓީޗަރުންނާއި ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ. މިގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލްތަކަށް ފޮނުވާފައި އޮތް ސިޓީއެއްގައި ވަނީ، ދިވެހިރާއްޖޭ އަލުން ކޮމަންވެލްތާއި ގުޅުމުން ސަރުކާރުން އެކަން ފާހަގަކުރަން ބޭނުންވާކަމަށް ބުނެފައެވެ. މިގޮތުން ސްކޫލްތަކުން ކުރަން ޖެހޭ ކަންކަމުގެ ތާވަލެއް ވަނީ ފޮނުވާފައެވެ.އެ ތާވަލުގައި ވާގޮތުން ކޮންމެ ދުވަހަކުވެސް ކޮމަންވެލްތުގެ ކޮންމެވެސް އެއްކަމަކާއި ގުޅޭގޮތުން ސްކޫލް ކުދިން އަދި ޓީޗަރުން ޓުވީޓު ކުރަންޖެހެއެވެ. އަދި ސަރުކާރުގެ އިދާރާތަކުން ކުރާ ޓުވީޓުތައް ރިޓުވީޓު ކުރަންޖެހެއެވެ. މީގެ އިތުރުން ސްކޫލުތަކުގައި ކޮމަންވެލްތާއި ބެހޭ ޕްރެސެންޓޭޝަންތައް ދެއްކުމާއި ކޮމަންވެލްތު ދިދަ ކުރެހުމާއި ކޮމްންވެލްތާއި ބެހޭ މައުލޫމާތު ދަރިވަރުންނަށް ދިނުންފަދަ ކަންކަން ކުރުމަށް މިނިސްޓްރީންވަނީ ސްކޫލްތަކަށް އަންގާފައެވެ.ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ، އޭރު ކޮމަންވެލްތުން ވަކިވެފައިވަނީ ރާއްޖޭގެ ދާހިލީކަންކަމާއި ވަރަށް ބޮޑަށް ކޮމަންވެލްތުން ބެހެމުންދާތީ ކަމަށް އޭރު ސަރުކާރުން ހާމަކުރިއެެވެ. ކޮމަންވެލްތުން ވަކިވުމުން ދިވެހިރާއްޖެއަށް ބޮޑެތި މާލީ ދަތިތައް ކުރިމަތިވަ ރާއްޖެއިން ބޭރަށް ސްކޮލާޝިޕް ނުލިބޭނެކަމަށް އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ އެމްޑީޕީއިން ބުނަމުން ގެންދިޔައެވެ. އަދި "ކޮމަންވެލްތް އާއި އެކު ދިވެހިން" ނަމުގައި ހިނގާލުންތަކެއްވެސް ބޭއްވިއެވެ. ނަމަވެސް ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް މާލީ ދައްޗެއް ނޫނީ އެހެން ދައްޗެއްވެސް ކުރިމަތިނުވެއެވެ. ކޮމަންވެލްތަކީ އިނގިރޭސި ވިލާތުގެ އަޅުވެތިކަމުގައި ތިބި ޤައުމުތަކުގެ މެދުގައި އުފައްދާފައި އޮންނަ ޖަމިއްޔާއެެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
41 %
ދެރަވި
53 %
ރުޅިއައި
6 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އެލެކްނަޝީދު
ކަލޭމެން ސޮއިކުރި އެއްޗެއް ކުރި އަރުވަން ކަލޭމެން އެކަނި އުޅެބަލަ.
REPLY
ޔާގުންޑާ
މަމިއޮތީ ޖަލުގައި މިކަމާ ވަރަށް ކަޑަވެފައި. ޕީޕީ ކުދިން ދެން އެންޓި ކޮމަންވެލްތު ޖަހައިގެން ޓްވީޓްކޮށްލަކޮށްލާ ތިބޭ
REPLY
ޣަލަ
ސުކޫލު ކުދިންލައްވާ ދިދަކުރަހަ މައުލޫމާތު ޕޯަސްޓަރު ހެދިވީ
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ