ކުޑަކުދިން ކޯޓުން ބޭރުގައި ކައިވެނި ކުރުވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު 11:44 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވިގޮތުގައި، އޭނާ ހައްޔަރުކޮށްފައި ވަނީ، ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރައި، ދަރިން ބެލުމުގައި އިހުމާލުވެ، އެ ކުދިން އަސާސީ ހައްގުތަކުން މަހުރޫމުކޮށް ބައެއް ދަރިން 18 އަހަރު ނުވަނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އއ. މާޅޮހުން ކަމަށެވެ.
ކުޑަކުދިން ކޯޓުން ބޭރުގައި ކައިވެނި ކުރުވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ