ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ހިންގަމުން ގެންދާނީ ކުރިން ރިޔާސީ ކޮމިޝަން ހިންގި އިމާރާތުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެ އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ މެއިންޓަނެންސް އިމާރާތުގެ ގޮތުގައި ވެސް ބޭނުންކުރި ތަނަށް ޖެންޑަ މިނިސްޓްރީ ބަދަލުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އަށް މުވައްޒަފުން ހަމަޖެއްސުމުގެ ކަންކަން ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދަވާ ކަމަށެވެ.
ޖެންޑާ މިނިސްޓަރަކަށް ރައީސް މުހަންމަދު ވަހީދު މިއަދު ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ދިޔާނާ ސައީދު އައްޔަން ކުރައްވައިފަ އެވެ.
ޖެންޑާ މިނިސްޓްރީގެ ކުރީގެ އިތުރުން އިންފްރާސްޓްރަކްޗަރު މިނިސްޓްރީއެއް އުފެއްދުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު އަދި އެ މިނިސްޓްރީއެއް ނުއުފައްދަ އެވެ.
ޖެންޑާ މިނިސްޓްރީ ހިންގާނީ ކުރިން ރިޔާސީ ކޮމިޝަން ހިންގި ތަނުގައި: ރައީސް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ