ވަޅިހިފައިގެން ތިބި ބަޔަކު، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ރޭ އިންޒާރުދީފިއެވެ.
އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ 1:00 ހާއިރު އޭނާ އަށް އިންޒާރުދިނީ ވަޅި ހިފައިގެން ދިޔަ ގޭންގުތަކަށް ނިސްބަތްވާ ތިން މީހުންގެ ގްރޫޕަކުން ކަމަށެވެ. އަދި އެމީހުން އޭނާގެ ސެކިއުރިޓީންނަށް ވެސް އިންޒާރުދިން ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރަށް ބަޔަކު އިންޒާރުދީފައިވާއިރު، އޭނާއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފަރާތެކެވެ.
ވަޅިހިފައިގެން ތިބި ބަޔަކު އުމަރު ނަސީރަށް އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ