ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އާލާސްކަންފުޅާ އުޅުއްވާތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެެވެ.
ރައީސް މައުމޫންގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް ބޭފުޅަކު ވަނީ މިކަން ސީއެންއެމް އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން މިއަދު ފަތިހުގެ ވަގުތުގައި އެޑްމިޓް ކޮށްފައިވަނީ އައިޖީއެމްއެޗްގައި ކަމަށެވެ.
އެޑްމިޓް ކުރި ވަކި ސަބަބެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތާ ދެތިން ދުވަސްވެއްޖެ ކަމަށެވެ.
ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަސް އިއްޔެ ފާހަގަކޮށްފައި ވަނިކޮށެވެ.
ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން އަބަދުވެސް ފަރުވާ ހޯއްދަވަމުން ގެންދަވަ އެެވެ.
ރައީސް މައުމޫނަކީ އަބަދުވެސް ސިއްހަތަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ދިރިއުޅުމުގެ އާދަތައް ހިފަހައްޓަވާ ބޭފުޅެއް ކަމަށްވެސް އަރިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ