ކުދި ވިޔަފާރިތަކުގެ ކާމިޔާބީ ފާހަގަކުރަން "ނެކްސްޓް 100" އެވޯޑު ތައާރަފުކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ހޯދާ ކުރިއެރުންތައް ފާހަގަކުރުމަށްޓަކައި ކޯޕަރޭޓް މޯލްޑިވްސްއިން "ނެކްސްޓް 100" ގެ ނަމުގައި އެވޯޑެއް ތައާރަފުކޮށްފި އެވެ. ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ މިއީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭ އެވޯޑެއް ކަމަށާއި އެވޯޑަށް ހޮވޭ ފަރާތްތަކުގެ ލިސްޓު ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅުގައި އާންމު ކުރާނެ ކަމަށެވެ. އެ އެވޯޑަށް ކުރިމަތިލާ ވިޔަފާރިތަކަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަކަށް ވާން ޖެހޭނެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި އަހަރެއްގެ މައްޗަށް މަދުވެގެން އެއްލައްކަ ރުފިޔާ ލިބެން ޖެހޭނެ އެވެ. އެ މިންވަރު 15 މިލިއަން ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެ އެވެ. ނެކްސްޓް 100 އެވޯޑު ދިނުމަށް ރާވާފައިވަނީ ފަސް ގިންތިތަކުންނެވެ. އެއީ: ސްކޭލް އޮފް ބިޒްނަސް އޮޕަރޭޝަންސް ސަކްސެސް އިނޮވޭޓިވްނަސް ސީއެސްއާރް ކޮމްޕަލަޔަންސް ވިތް ލޯސް ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ އެ އެވޯޑުތަކަށް 19 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ 19 ދާއިރާއަކީ؛ ޓޫރިސްޓް ރިސޯޓް ޓޫރިސްޓް ހޮޓެލް ޓޫރިސްޓް ގެސްޓްހައުސް ޓްރެވަލް އޭޖެންޓްސް ސްޕާސް ޑައިވިންގް އެންޑް ވޯޓަރ ސްޕޯޓްސް އެކްޓިވިޓީސް ހޯލްސޭލް އެންޑް ރީޓެއިލް ޓްރޭޑް ކޮންސްޓްރަކްޝަން ފުޑް ސަރވިސް އެކްޓިވިޓީސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ފައިނޭންޝަލް އެންޑް އިންޝުއަރެންސް ރިއަލް އެސްޓޭޓް އެޑިއުކޭޝަން އެންޑް ހެލްތްކެއާ ޕްރޮފެޝަނަލް ސަރވިސަސް ޓެކްނިކަލް ސަރވިސަސް އާޓްސް، އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން މީޑިއާ އޭވިއޭޝަން އެހެނިހެން ކޯޕަރޭޓް މޯލްޑިވްސްއިން ނެކްސްޓް 100ގެ ނަމުގައި އެވޯޑެއް ތައާރަފުކޮށްފައިވާއިރު، ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނި ފާހަގަ ކުރުމަށްޓަކައި އެ މަޖައްލާއިން އަންނަނީ ގޯލްޑް 100ގެ ނަމުގައި ވެސް އަހަރަކު އެއްފަހަރު ލިސްޓެއް ޝާއިއު ކޮށް އެވޯޑް ދެމުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ