މިފަހަރު ޖުމްހޫރީ ގުޅުމަށް ވޯޓު ދޭނީ ހަމައެކަނި ޖުމްހޫރީ ގުޅުމުގެ މެންބަރުން ނޫން ކަމަށާއި އެހެން ޕާޓީތަކުގެ މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ރަޖިސްޓްރީ ނުވެ ތިބި ގިނަ ބައަކު މިފަހަރު ވޯޓު ދޭނީ ޖުމްހޫރީ ގުޅުމަށް ކަމަށް އެގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން އަމީރު އަހުމަދު ސްކޫލް ކައިރީ "ހެންވޭރު ދެކުނު ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ޖުމްހޫރީ ގުޅުމުގެ ބައިވެރިންގެ މެންބަރުންގެ އަދަދާއިއެކު މިހާރުވެސް ޖުމްހޫރީ ގުޅުމުގެ މެންބަރުންގެ އަދަދު 60،000 އަށްވުރެ ގިނަ ކަމަށާއި މިއިން ކޮންމެ މެންބަރަކު އެމެންބަރެއްގެ ވޯޓު ދެއްވި ނަމަވެސް 60،000 އަށްވުރެ ގިނަ ވޯޓު ލިބޭނެ ކަމަށެވެ.
"އެހެން ޕާޓީތަކުގެ މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ރަޖިސްޓްރީ ނުވެ ތިބި ގިނަ ބައަކު މިފަހަރު ވޯޓު ދޭނީ ޖުމްހޫރީ ގުޅުމަށް. ޖުމްހޫރީ ގުޅުމުގެ ކޮންމެ މެންބަރަކުވެސް މަސައްކަތް ކުރަންވީ އިތުރު އެއް ވޯޓު ހޯދަން. އެއިރުން ﷲ އިރާދަފުޅާއިއެކު އިންތިހާބުގެ ވޯޓުލާ ފުރަތަމަ ދުވަހުގެ ނަތީޖާއިން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ބެލުމަށް ނަގާ ޕޯލްތަކުން އެމްޑީޕީ ވެއްޓެމުންދާތަން ފެންނަމުންދާ ކަމަށާއި ޖުމްހޫރީ ގުޅުމުން މަސައްކަތް ކުރަމުން ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނަ އަށް އައުމަށް ނަމަވެސް މިހާރު މަސައްކަތް ކުރަމުން ދަނީ "އެއްފަހަރުން ނިންމާލަން" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަމުން މިގެންދަނީ އެއް ފަހަރުން. އާދެ ފުރަތަމަ ވޯޓްލާ ދުވަހު އަޅުގަނޑުމެންނަށް 51 ޕަސެންޓް މަދުވެގެން ލިބިގެންދާނެ ކަމަށް. އިރާދަކުރެއްވިއްޔާ އެއްފަހަރުން ނިމޭނެ ކަމަށް މި މަސައްކަތް ކުރަނީ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުން ގާސިމް ވިދާޅުވީ ނަޝީދާއި ދެތިން މީހަކު ނޫނީ އެމްޑީޕީގައި ދެންތިބި ރައްޔިތުންނަކީ ރަނގަޅު މީހުން ކަމަށެވެ.
އެހެން ޕާޓީތަކާއި އެއްވެސް ޕާޓީއެއްގައި ނުހިމެނޭ މީހުން އަޅުގަނޑަށް ވޯޓުދޭނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ