ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުންތައް ލިބިފައިވާ މީހުންނާއި ރަށްރަށް އެހީތެރިވުމުގައި ރައްޔިތުން ދައްކާ ރީތި މިސާލާއި އިސްލާމީ އުޞޫލު ފާހަގަކޮށް ދިވެހި ރައްޔިތުންނަށް ލިބުނު ހިތާމައިގާ ބައިވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެބްސައިޓް މެދުވެރިކޮށް ރައީސް ނަޝީދު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރާ ކުރިމަތިލާން މަޖުބޫރުވެފައިވާ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ގެއްލުން ކުރިމަތިވެފައިވާ ކަމަށާއި ދަތުރުފަތުރާއި މުޢާސަލާތާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ހިންގުންތަކަށް ބުރޫއަރާފައިވާ ކަމަށެވެ.
"... މިއެންމެހާ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުމެވެ. އަދި ވަކިން ހއ. ހޯރަފުއްޓާއި ބާރަށާއި ހަނިމާދޫ އާއި އައްޑޫ ސިޓީގެ ހުޅުދޫ އާއި ފޭދޫ އަދި ޏ. ފުވައްމުލަކަށް ލިބުނު ގެއްލުން އެތައްގުނައަކުން ބޮޑުކަން ފާހަގަވެއެވެ،" ބަޔާނުގައި ވެއެވެ. "މިދަނޑިވަޅުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ރައްޔިތުން ދައްކާ ރިވެތި މިސާލާއި އިސްލާމީ އުޞޫލު އުފަލާއިއެކު ފާހަގަ ކުރަމެވެ. އަދި ރައްޔިތުންނަށް ލިބިގެންދާ މިހިތާމައިގާ ރާއްޖޭގެ ރައްޔިތުންނާއި އެކު އަޅުގަނޑު ވަމެވެ."
ގެއްލު ލިބުނު ފަރާތްކަށް އެހީވުމުގައި ރައްޔިތުން ދައްކާ ނަމުނާއަށް ކުރީގެ ރައީސް ހިތްވަރު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ