ލ. މާމެންދޫއިން ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެ ނުލިބި، ކަރަންޓު ކަނޑަމުން ދާތީ ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
މާމެންދޫގެ އިންޖީނުގޭ ކުރިމަތީ ރައްޔިތުން މުޒާހަރާ ކުރަށް ފެށީ ކަރަންޓު ދިނުމަށް ދަތިތަކަކާއި ކުރިމަތިވެ ނާންގާ ކުއްލި ކުއްލިއަށް ކަރަންޓު ކަންޑަމުން ދާތީ ރައްޔިތުންގެ މުދަލަށް ގެއްލުން ވުމުންނެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބު ހުސައިން ހަބީބު ވިދާޅުވީ އެރަށުގައި އެއްގަޑިއިރުން ގަޑިއިރުން ކަރަންޓު ކަންޑުމުން ދާކަމަށެވެ. އަދި ޖަނަރޭޓަރަށް ދިމާވި މައްސަލައާއި ގުޅިގެން ރަށުން ކަރަންޓު ކަނޑަމުން ދާތާ މިހާރު ފަސް މަސް ވެފައިވާކަމަށެވެ.
ހަބީބު ވިދާޅުވީ ރައްޔިތުންގެ އަގުބޮޑު މުދަލަށް ގެއްލުން ވަމުންދާތީ ކަރަންޓު އިތުރަށް ނުދިނުމަށް އެދިފައިވާކަމަށެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން ކަރަންޓު ހިދުމަތް އެއްގޮތަކަށްވެސް ނުދޭން ނިންމާފައިވާކަމަށެވެ. އޭގެ އިތުރުން ރަށުގެ ރައްޔިތުންނާއި އެކު ފެނަކާއާއި މަޝްވަރާ ކުރުމަށް ޓީމެއް އެކުލަވާލި ކަމަށް ހަބީބު ވިދާޅުވިއެވެ.
"ކަރަންޓު ކެންޑޭތާ މިހާރު ފަސް މަސް ވެއްޖެ. އަދިވެސް ދާއިމީ ހައްލެއް ނުލިބޭ. ރޯދަމަހުވެސް ކަރަންޓު ކެންޑެމުން ދިޔައީ. ވަގުތީ ހައްލަކަށް ފަހު އަނެއްކާ ކަރަންޓު ކަންޑަން އެފެށީ އިއްޔެ 5:00 ޖެހި އިރުން ފެށިގެން." ހަބީބު ވިދާޅުވިއެވެ.
އެރަށުގެ ޖަނަރޭޓަރަށް ބޭނުންވާ ސްޕެއަރ މިރާއްޖެއިން ނުލިބޭ ކަމަށާ މިހާރު ކަމާ ބެހޭ ފަރާތަށް އެންގިތާ 15 ދުވަސް ވެއްޖެކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ކުރިން ބުނެފައިވާ ގޮތުން ރާއްޖެއިން ބޭރުން ސްޕެއަށް ގެނައުމަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވާނެ ކަމަށެވެ. ނަމަވެސް މިއަދު ބޭއްވި މަޝަވަރާއަކަށް ފަހު 12 ގަޑިއިރު ތެރޭ ރަށަށް ޖަނަރޭޓަރެއް ގެންނާނެ ކަމަށް ބުނެފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.
5 މަސް ވީއިރުވެސް ލ. މާމެންދޫ ކަރަންޓަށް ކަނޑަމުން ދާތީ ރައްޔިތުން މުޒާހަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ