ޝިފާޒާއި އަހުމަދު ހަސަން ސްޕީޑް އަވަސްކޮށްފި

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 1500 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ޝިފާޒް މުހައްމަދާއި އަހުމަދު ހަސަން އަމިއްލަ ރެކޯޑަށްވުރެ އަވަހަށް ރޭސް ނިންމައިފި އެވެ.
ޝިފާޒް ރޭސް ނިންމީ އޭނާ އެންމެ ފަހުން ރޭސްނިންމި ވަގުތަށްވުރެ 14 ސިކުންތު އަވަހަށެވެ. އަހުމަދު ރޭސް ނިންމީ 10 ސިކުންތު އަވަހަށެވެ.
އޭނާ ރޭސް ނިންމާފައިވަނީ ހަތަރު މިނިޓް 12.99 ސިކުންތުންނެވެ. މިއަހަރުގެ ޖުލައި މަހު ބޭއްވުނު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އޭނާ މިރޭސް ނިންމާފައިވަނީ ހަތަރު މިނިޓް 26.05 ސިކުންތުންނެވެ. އަދި ސެޕްޓެމްބަރ މަހު ލަންކާ ނޭޝަނަލްގައި އޭނާ ރޭސް ނިންމީ ހަތަރު މިނިޓް 20.07ސިކުންތުންނެވެ.
1500މީޓަރު ދުވުމުގައި ރާއްޖެއިން ދެން ވާދަކުރި އަޙްމަދު ހަސަން ރޭސް ނިންމީ ހަތަރު މިނިޓް 13.94ސިކުންތުންނެވެ. އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އޭނާ ރޭސް ނިންމީ ހަތަރު މިނިޓް 23.54 ސިކުންތުންނެވެ. އަދި ލަންކާ ނޭޝަނަލްގައި ރޭސް ނިންމީ ހަތަރު މިނިޓް 16.22ސިކުންތުންނެވެ.
އިންޑޮނީޝިޔާގައި މިހާރު ކުރިއަށްދާ މުބާރާތުގައި މި ދެ ދުވުންތެރިން ވަނީ 800 މީޓަރު ދުވުމުގައި ވެސް ކުރިއެރުން ހޯދައިފަ އެވެ. މި ރޭހުގައި ވާދަކޮށް އަހުމަދު ހަސަން އޭނާގެ އަމިއްލަ ރެކޯޑް އާކުރީއެއް މިނިޓް 59.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ރާއްޖޭގެ ޝިފާޒް މުހައްމަދު 800 މީޓަރުގެ ރޭސް ނިންމީ ދެ މިނިޓް 00.77ސިކުންތުންނެވެ. މިއީ މި އަހަރު އޭނާ މި ރޭސްނިންމި އެންމެ އަވަސްމިނެވެ.
މި ދުވުންތެރިން މާލެ އައުމަށް ހަމަޖެހިފައިވަނީ އަންން ބުދަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ