މިއަދު ކުރިއަށްދާ ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވޯޓު ނުލައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގައި ވޯޓުނުލާން ނިންމެވީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސާބިތު ކަމާއި އެކު ވަކިކޮޅަކަށް ނުޖެހި ހުންނެވުމުގެ ގޮތުން ކަމަށް ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. އަދި އެ މަނިކްފާން ވޯޓު ނުލެއްވި ނަމަވެސް، ޕީޕީއެމްގެ ހުރިހާ މެމްބަރުން ޕްރައިމަރީގައި ވޯޓު ދެއްވުމަށްވެސް ރައީސް މައުމޫނު ޓްވިޓާގައި ވިދާޅުވެފައި ވެއެވެ.
"މި ޕްރައިމަރީގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސާބިތު ކަމާއި އެކު ވަކި ކޮޅަކަށް ނުޖެހި ހުރުމުގެ ގޮތުން އަޅުގަނޑު ވޯޓެއް ނުލާނަން،" ރައީސް މައުމޫނު ޓްވިޓާގައި ވިދާޅުވެފައި ވެއެވެ.
ޕްރައިމަރީގައި ރައީސް މައުމޫނު ވޯޓު ނުލައްވާނެ ކަމަށް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ