ސަބްރާ ހައްޔަރު ކުރުމަށް ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި
ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ކުރީގެ ޑިރެކްޓަރު ސަބްރާ ނޫރައްދީން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށް ހައި ކޯޓުން ވެސް ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ. މިދިޔަ މާޗް މަހު 16 ވަނަ ދުވަހުގެ ރޭ އެއާޕޯޓުން ސަބްރާ ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގުމުގެ ތުހުމަތުގަ އެވެ. އޭނާ ހައްޔަރުކުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެ މައްސަލައިގައި ސަބްރާ ހައި ކޯޓުގައި އެދިފައިވަނީ އެ އަމުރު ބާތިލް ކަމަށް ކަނޑައެޅުމަށާއި އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދު ރަސްމީކޮށް މައާފަށް އެދުމަށް ފުލުހުންނަށް އަމުރުކޮށްދިނުމަށެވެ. އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސަބްރާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އޭނާގެ އަބުރަށް އަރައިގެންފައިވާ ކަމަށް ފެންނަނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ކޯޓަކަށް ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. ފުލުހުން އޭރު ބުނެފައިވަނީ އެރޭ ސަބްރާ ހައްޔަރު ކުރުމަށްފަހު ފުލުހަށް ހާޒިރުވުމަށް އެންގުމަށްފަހު އެރޭ ދޫކޮށްލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ