ދޮން ބައްޕައަކު އޭނާގެ 12 އަހަރުގެ ދޮންދަރިއާ އެކު ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ

ލ. މުންޑޫ އޮފީހުގެ އިސްވެރިޔަކު އޭނާގެ ދޮންދަރިއަކާ ގަދަކަމުން ބަދުއަޚާލާގީ ޢަމަލު ހިންގި ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލ. އަތޮޅުގެ ރަށެއްގައި އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ރަށެއްގެ ކާކު ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 12 އަހަރު ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރާ ފިރިހެން މީހާ މިހާރު އުޅެނީ މާލޭގައި ކަމަށް ވާތީ އޭނާ އާ ބެހޭ އިތުރު މަޢުލޫމާތު ފުލުހުން ސާފުކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މަޢުލޫމާތު ދިން މީހާ ބުނީ، ދެ ބަނޑަށް ލިބިފައި ތިބި ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއާ އެކު އެ ފިރިހެން މީހާ ގަދަކަމުން ޖިންސީ ޢަމަލު ހިންގާތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ.
އޭނާ ބުނީ ބުނީ އެ ހަތަރު އަންހެން ކުދިންގެ ވެސް ބައްޕަ ނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ތިން ކުދިން މީހުންނާ އިނދެގެން ދިރިއުޅެނީ އެމީހުންގެ ފިރިންގެ ގޭގައި ކަމަށެވެ. އަދި މުންޑޫގެ އޮފީހުގެ އިސްވެރިއާ ޖިންސީ ޝިކާރަ އަކަށް ހަދާފައިވާ 12 އަހަރުގެ އަންހެން ކުއްޖާއާ އެކު އޭނާ ގުޅުން ހިންގަން ފަށާފައި ވަނީ އެ ކުއްޖާގެ އުމުރުން އަށް އަހަރުން ފެށިގެން ކަމަށް، ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ސަން އަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އެ މީހާ އެ ކުއްޖާއާ ގުޅުން ހިންގާކަން އެ ކުއްޖާއާ އެއްބަފާ ދައްތައަކު އެ ކުދިންގެ މަންމަ އަށް އެންގުމުން މަންމަ އެވާހަކަ ގަބޫލުނުކޮށް އެ ވާހަކަ ދެއްކުން ކުދިންނަށް މަނާ ވެސް ކޮށްފައިވާ ކަމަށް އެ މީހާ ބުންޏެވެ. ނަމަވެސް ފަހުން އެ ކުއްޖާގެ ގޮވައިގެން ޑޮކްޓަރަށް ދައްކަން އޭނާގެ އެއްބަފާ ދައްތަމެން މާލެ އައިސް ޖެންޑާ ޑިޕާޓްމަންޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އެމީހާ ކިޔައިދިނެވެ.
އަދި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަ ބަލަން ފެށުމާ އެކު، ލޭ މައްޗަށް ގޮސް އެއްފަޅި ވާގިނެތިގެން ކަމަށް ބުނެ މާލޭގައި ހުރި އެ މީހާ ރާއްޖެ އިން ބޭރަށް ފުރަން މަސައްކަތް ކުރާ ކަމަށް ވެސް އެމީހާ ބުންޏެވެ. އަދި އާއިލާ އިން މިހާރު އެ މައްސަލަ އަވަސް ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ވެސް ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ