ކަނޑުމަގުން ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކަލާއި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވޯކްޝޮޕެއް ފަށައިފި

ކަނޑުމަގުން ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކަލާއި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ޓްރާންސްޕޯޓް ރިލޭޑެޓް މެރިޓައިމް ކައުންޓަރ ޓެރަރިޒަމް ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފިއެވެ. ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއޭންއޯޑީސީ) އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން ހޮޓެލް ޖެންގައި ފެށި މި ވޯކްޝޮޕް ކުރިއަށްދާނީ މިމަހުގެ ތިނަކުން ފަހެއްގެ ނިޔަލަށެވެ. ސަރުކާރުގެ ބާރަ މުއައްސަސާއަކުން ތިރީސް ބައިވެރިން ބައިވެރިވާ މި ވޯކްޝޮޕްގައި މެރިޓައިމް ޓެރަރިޒަމާއި ކަނޑުމަގުން ކުރިމަތިވެދާނެ ސަލާމަތީ ގޮންޖެހުންތަކާއި، އެފަދަ ގޮންޖެހުންތައް ޙައްލުކުރުމަށް ޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާ ބެހޭގޮތުން، ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކާއި ޔޫއެންއޯޑީސީ އަދި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ އެކްސްޕަރޓުން މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާކަމަށް އެންސީޓީސީން މައުލޫމާތުދެއެވެ.މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރްއެވެ. މީގެ އިތުރުން އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނަޑާ އާއި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ޗަރޑް ޑީ އެފެއަރޒް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ފޮރިން ސެކްރެޓަރީގެ ވާހަކައިގައި މިފަދަ ވޯކްޝޮޕެއްގެ މުހިންމުކަމާއި، ޓެރަރިޒަމް އާއި ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރާއި ބައިނަލްއަޤްވާމީ މުޖުތަމަޢު އާއި ގުޅިގެން ކުރައްވާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މަރިޔަމް އިނާ މާޖިދު
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ކަނޑުމަގުން ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކަލާއި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރު...
3 މިނެޓް ކުރިން
ކަނޑުމަގުން ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކަލާއި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރު...
11 ގަޑި ކުރިން
ޔޫތު މިނިސްޓަރ ވޯލްޑް ކަޕްގެ ފޯރި ނެގީ ޒުވާނުންނާއި އެކު
11 ގަޑި ކުރިން
ކަނޑުމަގުން ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކަލާއި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރު...
11 ގަޑި ކުރިން
އިސްލާމް ދީނަށް ހަޖޫޖަހާ މީހުންނަށް އަޅުގަނޑުގެ ސަރުކާރުގައި ހަރުކަށި އަދަބު ދޭނަން: ރައީސް
12 ގަޑި ކުރިން
މިތުން ޗަކްރަބޯތީގެ ދަރިފުޅާ އަންހެނުންގެ މައްޗަށް ރޭޕްގެ ތުހުމަތު ތަކެއް
15 ގަޑި ކުރިން
އިސްލާމް ދީނަށް ހަޖޫޖަހާ މީހުންނަށް އަޅުގަނޑުގެ ސަރުކާރުގައި ހަރުކަށި އަދަބު ދޭނަން: ރައީސް
12 ގަޑި ކުރިން
ޕާޓީއެއްގެ ލީޑަރެއްގެ އަނތްބަކަށް ވުމަކީ ރަނިން މޭޓަކަށް ނުވެވޭނެ ސަބަބެއް ނޫން- ސަމީރު
16 ގަޑި ކުރިން
Y4Y މިއީ ކޮންއެއްޗެއް؟
19 ގަޑި ކުރިން
ދަރަނިވެރިކަމުން ސަލާމަތްކޮށް، އެއާޕޯޓް އާ އުސްމިންތަކަކަށް
15 ގަޑި ކުރިން
ޔޫތު މިނިސްޓަރ ވޯލްޑް ކަޕްގެ ފޯރި ނެގީ ޒުވާނުންނާއި އެކު
11 ގަޑި ކުރިން
"ނޯޓް" ބްރޭންޑް ކ. މާފުށީގައި ތަޢާރަފުކޮށްފި
20 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ