ލަތީފަށް ދިއްދޫ ރައްޔިތުން ދުވަހަކުވެސް މަޢާފު ނުކުރާނެ: އަބްދުއްރަހީމް

ދިއްދޫ ރައްޔިތުން ލަތީފަށް ނޫނެކޭ ބުނެ، ރައީސް ޔާމީނަށް އާނ އެކޭ ބުނެފައިވާ ކަމަށް ޕީޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖްލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.  ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށް ވަޑައިގެން އެރަށުގައި ހިންގާފައިވާ ހަތަރު މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމަށް ފަހު، އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދިއްދޫ ދާއިރާގައި ކުރިން ހުންނެވި މެމްބަރު އަބްދުއްލަތީފް މުހައްމަދަށް މިއަދު ދިއްދޫގެ ރައްޔިތުން މަޢާފު ނުކުރާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ލަތީފް އޭނާގެ އަމިއްލަ އެދުން އިސްކޮށް، އަމިއްލަ މަންފާއަށް ޓަކައި ސަރުކާރާއި ދިއްދޫ ރައްޔިތުން ދޫކޮށް ވަޑައިގެންނެވިކަމަށެވެ. މީގެއިތުރުން މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިއްދޫއަށް ކޮށްދެއްވާފައިވާ ކަންކަން އެރަށުގެ ރައްޔިތުން ބަލައިގަންނަކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ދިއްދޫއަށް ވަޑައިގެންނެވުމުން ސަލާމް ކުރައްވަން އެކަނިވެސް 45 މިނެޓް ހޭދަ ކުރައްވަން ޖެހުނު ކަމަށެވެ.  
ދިއްދޫ ދާއިރާގައި ކުރިން ހުންނެވި މެމްބަރު އަބްދުއްލަތީފް މުހައްމަދު
އަބްދުއްރަހީމް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ތަރައްޤީ އާއި އެކު ކުރިޔަށް ދާން ޖެހޭކަމަށެވެ. މީގެއިތުރުން 3 ނޮވެމްބަރު، 1988 ވަނަ އަހަރު ހިނގާދިޔަ ހާދިސާއަށް އަލި އަޅުއްވާލައްވާ އަބްދުއްރަހީމް ވިދާޅުވީ މި ހަދިސާއާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކެރަފާ އާއިލާ އަކީ ބަޣާވާތް ކުރާ އާއިލާއެއް ގޮތަށް ސިފަ ކުރައްވާފައިވާ ފަދައިން، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ މަތީ މަޤާމުތަކުގައި ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. މީގެއިތުރުން އެފަދަ ޙާދިސާއެއް ކުރިމަތިވީ ބަޔަކު މީހުން އަމިއްލަ އެދުން އެ ދުވަހު އިސްކުރުމުންކަން އަބްދުއްރަހީމް ވިދާޅުވިއެވެ. - އިތުރަށް ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކަށް ކޮރަޕްޝަންގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި މިސަރުކާރަކީ ދިވެހިރާއްޖޭގައި މީގެކުރިން ފެނުނު ސަރުކާރު ތަކުގެ ތެރެއިން އަމިއްލަ ސަރުކާރުގައި ހިނގައި ދިޔަ ކޮރަޕްޝަންގެ މައްސަލަ ތަޙްޤީގް ކުރި ހަމައެކަނި ސަރުކާރު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށް ވުރެ ބޮޑެތި މައްސަލަތައް މާޒީގެ ތެރެއިން ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން އެފްޕީއައިޑީ މައްސަލަ މިކަމުގައި ހިމެނޭއިރު، އެމްޑީޕީ ސަރުކާރުގެ ތެރެއިންވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައަށްވުރެ މާ ބޮޑުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ ސަރުކާރު މި ޤައުމުން ދިޔައިރު، މި ޤައުމުގެ ދަރަނި އޮތީ 28 ހާސް މިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިއީ މައުމޫން ސަރުކާރުގެ 5000 މިލިއަން ރުފިޔާ އާއި އެމްޑީޕީ ސަރުކާރުގެ ހަމައެކަނި 23 ހާސް މިލިއަން ރުފިޔާގެ ދަރަންޏާއި އެކު ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
މިއީ މާލެ ނޫނީ ހުޅުމާލެ އެއް ނޫން މިއީ ހއ ދިއްދޫ!
11 މިނެޓް ކުރިން
ލަތީފަށް ދިއްދޫ ރައްޔިތުން ދުވަހަކުވެސް މަޢާފު ނުކުރާނެ: އަބްދުއްރަހީމް
12 މިނެޓް ކުރިން
ހއ. ދިއްދޫގެ 4 މަޝްރޫޢެއްގެ ނިންމުން ފާހަގަކޮށްފި
13 މިނެޓް ކުރިން
ދިއްދޫގެ ރައްޔިތުން ބޭނުންވެފައިވާ ތަރައްޤީ ގެނެސްދެއްވީ މި ސަރުކާރުން: ޠާރިޤް
14 މިނެޓް ކުރިން
އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތާޅުލުމުގައި ފައްޔާޒް ހިމެނޭކަމަށް އަޑު ފެތުރެން ފަށައިފި
11 ގަޑި ކުރިން
އަދާލަތުން އޮފީސް ބަންދުކޮށްގެން ތިބެ އީސީގެ ޓުވީޓަރ އެކައުންޓް ބްލޮކް ކުރަން މަސައްކަތް ކޮށްފި
11 ގަޑި ކުރިން
އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ތާޅުލުމުގައި ފައްޔާޒް ހިމެނޭކަމަށް އަޑު ފެތުރެން ފަށައިފި
11 ގަޑި ކުރިން
ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓް ލުމަށް އެހީތެރިކަން ފޯރުކޮށްދެނީ އޮފިޝަލުން
23 ގަޑި ކުރިން
އަދާލަތުން އޮފީސް ބަންދުކޮށްގެން ތިބެ އީސީގެ ޓުވީޓަރ އެކައުންޓް ބްލޮކް ކުރަން މަސައްކަތް ކޮށްފި
11 ގަޑި ކުރިން
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި
22 ގަޑި ކުރިން
މޫދަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި
22 ގަޑި ކުރިން
މަސްވެރިންނަށް ޚާއްސަ އައިޑީކާޑެއް ތަޢާރަފް ކުރާނަން- ރައީސް ޔާމީން
20 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ