ދުއާ ކުރާނީ ރައީސް ޔާމީނަށް ލުޔެއް ލިބި މިނިވަން ވުމަށް: ނަޝީދު

ދުއާ ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަށް ލުޔެއްލިބި މިނިވަންވުމަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ދެއްކެވި ވާހަކައަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނެންގެވި ނިޒާމީ ނުކުތާއާއި ގުޅިގެން ނަޝީދު ވިދާޅުވީ" އަޅުގަނޑުވެސް އެދެނީ ރައީސް ޔާމީނަށް ލުޔެއްލިބި މިނިވަންވުން" ކަމަށެވެ.
ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހުކުމަށް އެއް އަހަރު ފުރުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަނޑުމަތީ މުޒާހަރާ ބާއްވާފަ އެވެ. އެކަމާއި ގުޅިގެން މުހައްމަދު ޝާހިދު ވަނީ ފާޑުވިދާޅުވެފަ އެވެ.
ޝިޔާމް އެއަށް ރައްދު ދެއްވައި ވިދާޅުވީ ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށެވެ.
ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ