މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރާތީ އައްޑޫ މަރަދޫފޭދޫގައި ބަންދުކުރި ގެއަކަށް ވަން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، 'އުއްމީދު' ނަމަކަށް ކިޔާ މި ގެ ފުލުހުން ބަންދުކުރީ މިދިޔަ މަހު 15ގަ އެވެ. އެއީ ތިން މަސްދުވަހުގެ ނިޔަލަށެވެ.
ތަފްސީލް - ފުލުހުން ބުނީ އެ ގެއަށް ވަދެ، މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މަރަދޫފޭދޫއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އެއީ:
އަހުމަދު ޝަރަތު، 32
އައިޝަތު ސަލީމް، 37
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރުގެ ދަށުން މި ގޮތަށް ބަންދުކުރާ ތަންތަނަށް، އެ މުއްދަތުގެ ތެރޭގައި ހުއްދަނެތި ވަދެނުކުތުމަކީ ގާނޫނީ ކުށެކެވެ. އަދި އެގޮތަށް ވަންނަ މީހުންނާއި އެތަންތަނަށް ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގުން މުހިއް މު- ޑްރަގު ކެފޭތައް ބަންދުކުރުމުގެ އަމުރު ނެރެވޭ ގޮތަށް ގާނޫނު ބަދަލުކުރި ފަހުން މިހާތަނަށް އައްޑޫން ވަނީ ހަތަރު ތަނެއް ބަންދުކޮށްފަ އެވެ. އެއީ:
މަރަދޫފޭދޫ، އުއްމީދުގެ
ހިތަދޫ، ލާމިޔާގެއާގެ
ހިތަދޫ، މައިލޯސިޓީގެ
މަރަދޫ، ބޯޅަދަނޑުގެ
އައްޑޫގައި ބަންދުކުރި ޑްރަގް ކެފޭއަކަށް ވަން 2 މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ