ވިޔަފާރިތައް ރަޖިސްޓްރީކުރުމުގެ ޕްރޮސެސް އަވަސް ކުރުމަށް އެއްބަސްވުމަކަށް

ވިޔަފާރިތައް ރަޖިސްޓްރީކުރުމުގެ ޕްރޮސެސް އަވަސް ކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ މޯލްޑިވްސް އިސްލާމިކް ބޭންކާ (އެމްއައިބީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ ވިޔަފާރިތައް ރަޖިސްޓްރީކުރުމުގެ ޕްރޮސެސް އަވަސް ކުރުމުގެ މަސައްކަތުގެ ދަށުން އެމްއައިބީއާއިއެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެ ވުޒާރާއާ އެމްއައިބީއާއި ދެމެދު މައުލޫމާތުތައް ބަދަލުކުރެވި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އަވަސް ވާނެ ކަމަށް ބުނެފައި ވެއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ އެ ވުޒާރާހެ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް، އޭޕީއައި މެދުވެރިކޮށް އެމްއައިބީ އަށް ކަސްޓަމަރުގެ ޑޭޓާތައް ފަސޭހަކަމާ އެކު ވެރިފައިކުރެވޭނެ ކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭންކު އެކައުންޓުތައް ހުޅުވުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން އެ ވުޒާރާއާ އެމްއައިބީއާ ދެމެދު މައުލޫމާތު ބަދަލު ކުރެވޭނީ އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޮލި އެޕްލިކޭޝަނުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ