ވީއައިއޭ ގައި މާރާމާރީ ހިންގި މީހާ ކޯޓުން ދޫކޮށްލައިފި

ފުލުހުން ވަނީ އެމީހާ ހައްޔަރު ކޮށްފައެވެ. އަދި ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި  ހަމަނުޖެހުން ހިންގި ބިދޭސީ މީހާ ދޫކޮށްލައިފި އެވެ.
މި ބިދޭސީ މީހާ ވަނީ، އެއާޕޯޓުގެ ރޭމްޕް ޖެކެޓުގައި ހުރި މުވައްޒަފަކަށް ހަމަލާދީ ފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ޒުވާބެއްގެ ތެރެއިން ފަސިންޖަރު ވަނީ މުވައްޒަފުގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހައި އޭނާ ބިންމައްޗަށް ވައްޓާލާފަ އެވެ.އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންތަކަކާއި، އެއާޕޯޓުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންތަކެއް އޭނާ ހިފެހެއްޓުމަށް މަސައްކަތް ކުރަނިކޮށް، ދެވަނަ މީހަކަށް ހަމަ އެގޮތަށް ހަމަލާދިން މަންޒަރު ފެނެ އެވެ. އަދި އެއަށް ފަހު ދުރަށް ޖައްސާފައި ވަނީ ފުރަން ގޮސް ހުރި އެހެން ފަސިންޖަރެކެވެ.ހާދިސާ ހިނގި ވަގުތު މަންޒަރުދުއް މީހަކު ކިޔައިދިން ގޮތުގައި، ފަސިންޖަރު ރުޅިގަދަވެ މާރާމާރީ ހިންގާފައި ވަނީ އެއާލައިނުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ލަގެޖު ބަރުވުމުން 30 ޑޮލަރު އިތުރަށް ދައްކަން ޖެހިގެންނެވެ. އެ ފައިސާ ދައްކަން ޖެހިގެން ފަސިންޖަރު ރުޅިގަދަވާން ފެށުމުން، އެއާޕޯޓުގެ މުވައްޒަފުން އޭނާއާ ވާހަކަ ދައްކަމުން ދިޔައީ ރީތިކޮށް ކަމަށާއި، އެދެމުން ދިޔައީ އެކަން ހައްލުކުރުމަށް ވާހަކަދެއްކުމަށް އެއްފަރާތަކަށް ޖެހުމަށް ކަމަށް އޭނާ ކިޔައިދިނެވެ. ކަން ހިނގާ ދިޔަ ގޮތް އޭނާ ވަނީ އަމިއްލަ ފޭސްބުން އެކައުންޓުން ޕޯސްޓް ވެސް ކޮށްފަ އެވެ.ފުލުހުން ވަނީ އެމީހާ ހައްޔަރު ކޮށްފައެވެ. އަދި ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމަން ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ