އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަނަކަށް ޒަމީލް އަށް އުރީދޫ އިން، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި އީދު ހަރަކާތުގައި ބައިވެރިވެއްޖެ “އީދު ޖަގަޑާ” ހަރަކާތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވެއްޖެ އުރީދޫ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ބައެ

އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަދިޔާފޮށިން އިނާމުތައް ހާސިލްކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.
އުރީދޫ ހެޑްކުއާޓާޒްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒުއެވެ.
މީގެ އިތުރުން އުރީދޫ އިން ވަނީ އިނާމުގެ ގޮތުގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޯބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަ ވެސް ހަވާލުކޮށްފައެވެ.
ކޮންމެ އަހަރަކު ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ އިން ކުރިއަށް ގެންދާ ހަދިޔާ ފޮށީގައި މި އަހަރުވެސް ޑޭޓާ ޕެކް، ގޭމިން ޕެކް އަދި އިތުރު ގިނަ އިނާމުތައް ހިމެނުނެވެ. އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒު ވިދާޅުވީ މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއްކަމަށާ ހަދިޔާފޮށީގެ ދެވަނަ އަހަރު ނިމިގެން ދިޔައީ ވަރަށްވެސް ކާމިޔާބު ކަމާއެކުގައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ