ދާލަން ލަކީ ޑްރޯގެ ނަސީބުވެރިންނަށް ސްކޮލަޝިޕް ހަވާލުކޮށްފި

ބައިވެރިންގެ މެދުގައި ގުރުއަތެއް ނަގައި ވަނީ ފަސް ދާރިރާއަކުން މެލޭޝިއާގައި ހިލޭ ކިޔަވަން ފަސް ސްކޮލާޝިޕް ހަވާލުކޮށްފަ އެވެ.
މަސައްކަތްތެރިކަމާއި ތައުލީމްގެ ފުރުސަތުތަކުގައި ހުރި ފުރުސަތުތައް އަންގައިދޭން ބޭއްވި ދާލަން - ނެޝަނަލް ސްކިލްސް އެންޑް ކެރިއަ އެކްސްޕޯ 2024 ގައި ބައިވެރިވި ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވުނު ފަރާތްތަކަށް ސްކޯލާޝިޕް ހަވާލުކޮށްފި އެވެ.
ދާލަންގެ ނަމުގައި އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް )ގެ ބައިވެރިވުމާއެކު މަތީ ތައުލީމާއި މަސައްކަތްތެރިކަމުގެ ހުނަރުގެ ތަމްރީންދޭ މިނިސްޓްރީން ކުރިއަށް ގެންދިޔަ މި ކެރިއަ އެކްސްޕޯއަށް ޒިޔާރަތް ކުރި ފަރާތްތަކުގެ ތެރޭން ގުރުވަތުން ހޮވޮނު ފަސް ދިވެހި ދަރިވަރަކަށް، ފަސް ދާއިރާ އަކުން މެލޭޝިޔާގައި ކިޔެވުމުގެ ފުރުސަތު ދީފަ އެވެ.
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލާޝިޕްތައް ހަވާލުކޮށް ދެއްވީ ޑައިރެކްޓަރި ޖެނެރަލް ފާތިމަތު ޝިފްޒާ ހުސައިން އާއި ސްކޮލާޝިޕް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރު މަރްޔަމް ސަމްރަތްގެ އިތުރުން ވެސް މިނިސްޓްރީގެ އިސްބޭފުޅުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ