މާފަންނު ހުޅަނގު ދާއިރާގެ މެމްބަރުކަމަށް ”ގައުމީލޭ“ އަހުމަދު ވާދަކުރަނީ!

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރުކަމަށް ވާދަކުރެއްވުމަށް ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ސެނެޓަރު އަހުމަދު ހަމްދުﷲ ރަޝީދު (ގައުމީލޭ) ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ޓިކެޓު ހޯއްދެވުމުގެ ގޮތުން ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ އަހުމަދު އަކީ މާލެ އިންގްލިޝް ސުކޫލުގެ އިތުރުން ގައުމީ ޔުނިވާރސިޓީން ވެސް މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާވަނީ މާލެ ސިޓީ ކައުންސިލުގެ ވޭސްޓް މެނޭޖުމަންޓު ސެކްޝަންގެ އޮޕަރޭޝަން މެނޭގަރުގެ ހައިސިއްޔަތުންވެސް ދިވެހި ގައުމަށް ހިދުމަތްކޮށްދެއްވާފައިކަމަށްވާއިރު، މިހާރުވެސް އެ މާގަމު ފުރުއްވަމުންދާ އަހުމަދަކީ އޭނާގެ މަސައްކަތްތު ދާއިރާގެ ހަޔާތް ކޮންސްޓްރަކްޝަން ސިނާއަތުން ފެއްޓެވި ބޭފުޅެކެވެ. އަދި އޭނާވަނީ އެ ދާއިރާގައި ފުންނާބު އުސް ތިން ކުންފުންޏެއްގައި އެކި އެކި މަގާމުތައް އަދާ ކުރައްވައި ތަޖުރިބާތައް ހާސިލު ކުރައްވާފައެވެ. އަހުމަދުގެ ތަޖުރިބާތަކުުގެ ތެރޭގައި ސިވިލް ސުޕަވިޝަން އާއި ސައިޓް ސުޕަވިޝަންގެ އިތުރުން ސައިޓް މެނޭޖުމެންޓާއި ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކުގެ ޖުމުލަ މެޖޭމުންޓުވެސް ހިމެނެއެވެ. އޭނާ ވަނީ އެ ތަޖުރިބާގެ އަލީގައި އަމިއްލަ ކުންފުންޏެއް ފައްޓަވައި އެ ކުންފުނީގެ މަސައްކަތްތައްވެސް ފުޅާކުރައްވާފައެވެ.
އަހުމަދު ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި ގުޅިގެން ދާއިރާގެ ރައްޔިތުން އެދޭ ތަރައްގީތައް އެންމެ ފުރިހަމަ މާނައިގައި ހާސިލުކޮށްދެއްވުމުގެ މަގުސަދުގައިކަމަށެވެ. އަދި އޭނާގެ ބެއްލެވުމުގެ ދަށުން، ވިއްސާރަވުމުން ޗަކަވެ ފެނުއަޑީގައި އޮންނަ މަގުތައް ޒަމާނީ ފެންވަރަށް ބިނާކުރެއްވުމާއި ޕާކިންގް މައްސަލަ ހައްލުކުރުމުުގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށްވެސް މަސައްކަތްކުރައްވާނެކަަމަށް ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ، އޭނާއަށް އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ހާލަތެއްގައި ދާއިރާގެ ރައްޔިތުންނަށް ވަޒީފާ އަދި އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދެއްވައި މާފަންނު ހުޅަނގަކީ ފުދުންތެރި ހިތްގައިމު އަވަށަކަށް ހައްދަވައިދެއްވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެ އަމާޒު ހާސިލުކުރުމަށްތަކައި ރައްޔިތުން ޕާޓީއަށްވުރެ ދާއިރާގެ ވިސްނުން އިސްކުރައްވާ އޭނާ އާއި އަތުގުޅާލައި ދާއިރާގެ ކުރިއެރުމަށްޓަކައި ނުކުމެވަޑައިގަތުމަށް އެދިވަޑައިގަންނަވާކަަމަށެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ އަހުމަދު (ގައުމީލޭ) އަކީ ޕީޕީއެމް އުފެދުނީއްސުރެ ޕާޓީގެ ފިކުރު އާލާކޮށް ދިރުވުމަށްޓަކައި މަސައްކަތްކުރައްވަމުން އަންނަ ޕީއެންސީގެ ސެނެޓު މެމްބަރެކެވެ. އަދި އޭނާއަކީ އެ ޕާޓީގެ މާފަންނު ހުޅަނގު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސްކަމަށްވެސް ވާއިރު، ޕާޓީއިން ހިންގާ ހަރަކާތްތަކުގައި ފަސްޖެހުމެއް ނެތި ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހިންގި މުޒާހަރާތަކުންނާއި އެހެނިހެން ހަރަކާތްތަކުގެ ތެރެއިންވެސް އެތައް ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވާކަންވެސް ފާހަގަކުރެވެއެވެ.
އަހުމަދު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދައުވާކުރެވުމާއިއެކު ޕާޓީގެ ދިފާއުގައި މަގުތައް މައްޗަށް ނިކުމެ ވަކާލާތުކުރެވުމުގައި އެންމެ އިސް ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅެއްކަމަށްވާއިރު، 53 ފަހަރެއްގެ މަތިން މުއްދަތު ޖަހައި 265 ދުވަސް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާވެސް ވެއެވެ. އެހެންނަމަވެސް އޭނާވަނީ އެއަށް ފަހު ބޭއްވުނު ކޮންމެ ހަރަކާތެއްގައިވެސް ފަސްޖެހުމެއް ނެތި ބައިވެރިވެވަޑައިގެންފައެވެ.
އަހުމަދު ވިދާޅުވީ، މަޖިލިސް މެމްބަރުކަމަށް ހޮވައިދެއްވައިފިނަމަ ރައްޔިތުންނާއި ގުޅިގެން އެދޭގޮތަށް ގާނޫނުތައް އިސްލާކުރުމާއި ތަރައްގީ ގެނެސްދިނުމުގެ މަސައްކަތްތައް ސަރުކާރާއިއެކު ކުރައްވާނެކަމަށެވެ. އަދި އެ މަސައްކަތްތަކުގައިވެސް ފަސްޖެހުމެއް ނެތި ސާބުވެ ހުންނަވާނެކަމުގެ ޔަގީންކަންދެއްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަޙުމަދަކީ މަޖިލިސް މެމްބަރެއްގެ ކިބައިގާ ހުންނަންޖެހޭ ހުރިހާ ސިފަތަކެއްހުރި އެއްވެސް ކިލަނބުކަމެއް ނެތް ފަސްބައި ސާފު ބޭފުޅެކެވެ. ރައްޔިތުންނާ ގުޅޭ ހުލްގު ހެޔޮ ތެދުވެރި ވަފާތެރި ބޭފުޅެކެވެ. އަޙުމަދަށް ”ޤައުމީލޭ“ ކިޔަނީ މިދެންނެވި ސަބަބުތަކަށްޓަކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ