ފުއްގިރި މައްސަލައިން ގާޒީ ނަދީމް ތަނާޒުލެއް ނުވި

މި މައްސަލައާއި މީގެ ކުރިން ހަވާލުވެ ހުންނެވީ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެވެ. މައްސަލަ އަހަރަކަށްވުރެ ގިނަ ދުވަހު ހުއްޓިފައި އޮއްވާ އިސް ގާޒީ މައްސަލައިން ތަނާޒުލްވުމުން ދެން މައްސަލަ އާއި ހަވާލުވެވަޑައިގަތީ ގާޒީ އަލީ ނަދީމް އެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައާއި ކްރިމިނަލް ކޯޓުގައި މިހާރު ހަވާލުވެހުންނެވި ގާޒީ އަލީ ނަދީމް އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ގާނޫނީ ވަކީލުކުރަން ކުރެއްވި ބޭފުޅެއް ނަމަވެސް، މި މައްސަލައިން ތަނާޒުލްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެއްޖެ އެވެ.މި މައްސަލައާއި މީގެ ކުރިން ހަވާލުވެ ހުންނެވީ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެވެ. މައްސަލަ އަހަރަކަށްވުރެ ގިނަ ދުވަހު ހުއްޓިފައި އޮއްވާ އިސް ގާޒީ މައްސަލައިން ތަނާޒުލްވުމުން ދެން މައްސަލަ އާއި ހަވާލުވެވަޑައިގަތީ ގާޒީ އަލީ ނަދީމް އެވެ.މައްސަލައާއި ގާޒީ ހަވާލުވެވަޑައިގަތްފަހުން ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ދިފާއުން ވަނީ މި މައްސަލައިގެ އެންމެ މުހިންމު ހެކިވެރިޔާ އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ މޭސްތިރިޔާ، އަދީބުގެ ވަކީލުކަން ގާޒީ ކުރައްވާފައި ވާތީ މައްސަލައިން ތަނާޒުލްވުމަށް އެދިފަ އެވެ. އެދުވަހު ދިފާއުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް މިއަދުގެ މި މައްސަލައިގެ އަޑުއެހުމުގައި ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވެފައި ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ޝަރީއަތުގެ މަރުހަލާގައި މިހާތަނަށް އެބޭފުޅާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އަދި މި މައްސަލައިގައި ޝާމިލްވާ އެއްވެސް ފަރާތެއްގެ ވަކީލުކަން ވެސް ކުރައްވާފައި ނުވާ ކަމަށެވެ."މައްސަލައިގެ ހެކިވެރިޔަކަށް ގާނޫނީ ހިދުމަތެއް ދިނުމަކީ ގާޒީ ތަނާޒުލްވާން ޖެހޭ ކަމެއް ނޫން. އެއްވެސް ގޮތަކަށް މަސްލަހަތު ފުށުއަރާނެ ކަމެއް ނެތް. މި މައްސަލައިގައި އަދީބުގެ ސީދާ މަސްލަަހަތެއް ނެތް. އަދީބަށް ލިބޭނެ ގެއްލުމެއް އަދި ފައިދާއެއް ވެސް ފާހަގަ ކުރެވޭކަށް ނެތް،" ގާޒީ ވިދާޅުވި އެވެ.
ގާޒީ މީގެ ކުރީގެ އަޑުއެހުމުގައި ވިދާޅުވެފައި ވަނީ އަދީބުގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ މީގެ ހަތް އަހަރު ކުރިން ބަންދު މުރާޖާ މަޖިލީހަކަށް ކަމަށެވެ. މައްސަލައިގައި ހެކިވެރިޔަކަށް ގާނޫނީ ހިދުމަތެއް ދީފައި އޮތުމަކުން މަސްލަހަތު ފުށުއަރާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.މިއަދުގެ މަޖިލީހުގައި ދެން ދިފާއުން ވާހަކަދެއްކީ އަލުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި ހެކި ހުށަހަޅަން ފުރުސަތު ދިނުމަށެވެ. އެކަމަކު ގާޒީ ވިދާޅުވެފައި ވަނީ އާ ހެކި ހުށަހަޅަން ބޭނުންވާނަމަ އިފްތިތާހީ ބަޔާން އިއްވާއިރު އެފުރުސަތު ލިބިގެންދާނެ ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި ހުށަހެޅުންތަކާމެދު ގާޒީ ނިންމަވާ ގޮތް އިއުލާނުކުރައްވާނެ އެވެ. މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.މި މައްސަލައިގައި ދެން ދައުވާ ލިބެނީ  މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓްގެ މައްޗަށެވެ.ފުއްގިރި މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަންގެ ކުންފުނި މެދުވެރިކޮށެވެ.ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ހިޔާނާތުގެ މައްސަލައެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ