ރައްޔިތުންގެ މަޖިލީހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށްޓަކައި، މިއަދު އިތުރު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.
މި ޖަލްސާ ބާއްވަން ތާވަލް ކޮށްފައިވަނީ މިއަދު މެންދުރުފަހު 1:00 ގައެވެ.
މިއަދުގެ 9:00 އަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފައި ވަނީ, މަޖިލީހުގެ ނައިބު ރައީސް ކަމުން އަޙްމަދު ނާޒިމް ވަކިކުރުމަށްޓަކައެވެ. އެ ޖަލްސާ ފަށަން މާ ގިނައިރު ތަކެއް ނުވަނީސް ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެހެންކަމުން ހެނދުނު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނާޒިމް އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. އެއަށްފަހު، އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ހެނދުނުގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު، މެންދުރު 1:00 ގައި އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރެއްވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 އަށް ނިމެން އޮތް ނަމަވެސް، މަޖިލީހުން ވަނީ މިހާރު ހިނގަމުންދާ ދައުރު މިއަދުގެ ނިޔަލަށް ދަންމާލާފައެވެ.
މަޖިލީހުގެ ނައިބުރައީސަކު އިންތިހާބު ކުރަން މިއަދު އިތުރު ޖަލްސާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ