ލަންޑަން (ނޮވެމްބަރު 13) - ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާ ފައުލުތައް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ގަވާއިދަށް ބަދަލެއް ހުށަހަޅައިފި އެވެ.
މިހާރު އޮތްގޮތުން، ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީގައި ބަލަނީ، ސީދާ ރަތް ކާޑެއް ދައްކައިފިނަަމަ، ނޫނީ ރަތް ކާޑެއް ދައްކަން ޖެހޭ ފައުލުތަކަށެެވެ.
އެކަމަކު، ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން މިހާރު އަންނަނީ، ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާ ފައުލުތައް ވެސް ވީއޭއާރް އިން ބެލުމަށް އިސްލާހެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންނެވެ.
އައިފެބް އިން ޖެނުއަރީ 20 ވަނަ ދުވަހު ލަންޑަންގައި ބާއްވާ ސަމިޓްގައި މި ބަދަލަށް ވޯޓަށް އަހާނެ ކަމަށް ސްޕެއިނާއި އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ވީއޭއާރްގެ ބޭނުންކުރަން ފެށިތާ ފަސް އަހަރުވެފައިވާއިރު، އޭގެ އެހީ ހޯދާ ގޮތާ މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، އެކި ކަހަލަ ބަދަލުތައް ގެނެސް، ވީއޭއާރްގެ ގަވާއިދަށް ވެސް އެކި ބަދަލުތައް ވަނީ ގެނެސްފަ އެވެ.
ދެ ވަނަ ރީނދޫ ކާޑު ދައްކާއިރު ވީއޭއާރް އިން ބަލަން ފަށަނީ ދެ ވަނަ ރީނދޫ ކާޑު ދައްކާއިރު ވީއޭއާރް އިން ބަލަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ