ތައިލެންޑުގައި އުފައްދާ 3 ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތައިލޭންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ (ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން)އިން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ހުންނަންޖެހޭ މިންގަނޑަށްވުރެ އިތުރަށް ހުރިކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި ބޭސްތަކުން ނުރައްކާތެރި ކެމިކަލް ފެނުނުކަން ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އެންގުމާއި ގުޅިގެން ބެލިބެލުމުން ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މި ބްރޭންޑުގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާކަން ފާހަގަވެފައިވާ ކަމަށްވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށްދާ ގައުމަކަށްވުމާއެކު ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ މި ކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ހާއްސަ ސަމާލުކަމެއްދީގެން ޕޯޓުތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާކަމަށް ކަނޑައަޅައިފި ދެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި މާލޭގައި ޓެކްސީއެއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ