މަސްދަޅު ކޭސް ދޫކުރާ ތާރީހާއި ގަޑިތައް ބަދަލުކޮށްފި

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ބަހާ ތާރީހާއި ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެގޮތުން މިހާރު މަސްދަޅު ކޭސްތައް ބެހުމަށް ނިންމާފައިވަނީ:
ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ. އެއާއެކު އެ ސަރަހައްދުތަކުގައި ދިގު ކިއުތަކެއް ހެދުމާއެކު މަސައްކަތް އިތުރަށް ފަސޭހަކުރުމަށްޓަކައި 'ރޯދަ ހަދިޔާ' ނަމުގައި އޮންލައިން ޕޯޓަލް އެއް ވަނީ ހަދާފައެވެ.
އެސްޓޯއިން މީގެ ކުރިން މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ނިންމީ މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ. އެހެން ނަމަވެސް މިނިންމުން ބަދަލުކޮށްފައިވާ ކަން ސިޓީ ކައުންސިލުން ހާމަކޮށްފައިވާ އިރު މި މަސައްކަތް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީީ ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާ ގުޅިގެންނެވެ.
އެ މިނިސްޓްރީ އިން ބުނީ މިހާތަނަށް މާލޭގެ 15،000 ގޭބީސީއަށް މަސްދަޅު ކޭސް ދޫކުރެވިފައިވާކަމަށެވެ. ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ