ރ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ދެ މީހުން ހައްޔަރުކޮށްފި

ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ކައުންސިލްގެ އިދާރާއަށް ސިހުރާއި ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ/ މުހައްމަދު އަމްޖަދު، 61 އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު 67، އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިހުރުގެ މައްސަލަތައް ޕޮލިހަށް ރިޕޯޓު ކުރާވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ އޮޕަރޭޝަނެއް ހިންގައިފަ އެވެ.
އެ އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދި އެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ