ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމަށް ވީޓީވީގެ ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޖުމްލަ ހަ ބޭފުޅުން ކުރިމަތިލި މި މަގާމަށް ޒަމްއަތު ހިމެނޭ ގޮތަށް ތިން މީހަކަށް ރުހުންދޭން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން އެންމެ މަތިން މާކްސް ލިބުނީ ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ލިސްޓުގެ ކުރީގައި އޮތް ޒަމްއަތަށެވެ.
ތަފްސީލު - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ޒަމްއަތު އެ މަގާމަށް އައްޔަން ކުރަން ފާސްވީ 56 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވެސް ޒަމްއަތުއަށް ވޯޓު ދެއްވި އިރު، އޭނާއާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ޒަމްއަތުގެ ނަން ފާސްވުމުން ދެން ކޮމިޓީން ފާސް ކުރި ނަންތަކަށް ވޯޓަކަށް ނާހަ އެވެ.
ކޮމިޓީން ފާސް ކުރި ތިން ނަމަށް ދިން މާކްސްތައް:
ޒަމްއަތު: %89
ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު: %85
އޭއޯނިއުސްގެ ފައުންޑަރު ޝިމްލާ އަހްމަދު: %77
ގުޅުން ހުރި - ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް މިދިޔަ އެޕްރީލް މަހު ހުޅުވާލީ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި އާމިނަތު އަމީނާ (އަނާ)ގެ ފަސް އަހަރުގެ ދައުރު ހަމަވާތީ އެވެ. އަމީނާގެ ދައުރު ހަމަވީ މިދިޔަ ހުކުރު ދުވަހު އެވެ.
ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ