މެމްބަރު ނިހާނުގެ އާދަޔާ ހިލާފު ޕޯލްގައި އިދިކޮޅު ކެންޑިޑޭޓަކަށް މރ. ބީން

އެމް ޔޫ އޯ ގެކެންޑިޑޭޓަކަށް ހޮލީވުޑްގެ ހެއްވާ އަދި މަޖާ ސީރީޒްއެއް ކަމަށްވާ މިސްޓަ ބީންގައި އުޅޭ ރޮވާން އެޓްކިންސަން ހިމަނައި ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ފޭސްބުކްގައި ޕޯލްއެއް ކުރިއެއްގެންދަން ފަށައިފިއެވެ.
މިހާތަނަށް ހަތްސަތޭކަ މީހުން ބައިވެރިވެފައިވާ މެމްބަރު ނިހާނުގެ މި އާދަޔާ ހިލާފު ޕޯލުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މިސްޓަ ބީން ހިމަނާފައިވާ އިރު އޭނާ އާއެކު ދެން ވާދަ ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކޮށް އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރަމުންދާ އިރު, މިއަދާ ހަމައަށްވެސް ކެންޑިޑޭޓަކު ނުނެރޭތީ ސަރުކާރު ހިންގާ ފަރާތްތަކުން ދަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އިދިކޮޅުފަރާތް ކިތައްމެ މަސައްކަތެއް ކުރިނަމަވެސް އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންއަންނައިރު, އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ފަރާތްތަކުން އެގެންދަނީ, އެކަމަށް ކޮމިޓީއެއް އެކުލަވާލާ މަޝްވަރާތައް ކުރަމުންނެވެ. އެފާރާތުން ބުނަމުން ގެންދަނީ ރިޔާސީ އިންތިހާބުގައި އެކަތިގަނޑެއްގެ ގޮތުގައިތިބެ ރައީސް ޔާމީން ބަލި ކުރުން އެއީ އެންމެންގެވެސް އަމާޒުކަމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހަބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެއް ކެންޑިޑޭޓަކު ނުނެރެވޭ ނަމަ ކެންޑިޑޭޓަކު ނެރޭނެ ކަމަށް އަދާލަތުންވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ