މިސޮރު ދުށިންތަ؟ މިއީ އޮޅުވާލައިގެން ފައިސާ ހޯދާ މީހެއް، އުޅޭތަން އެނގޭނަމަ ފުލުހުންނަށް ރިޕޯޓް ކުރޭ

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދަޑިމަގު، ސަންޝައިން، ނިޝާދު އަޙްމަދު (31އ) އެވެ.
ފުލުހުން ބުނީ ނިޝާދު އަޙްމަދު ހޯދަމުންދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ބޭންކް މޯލްޑިވްސްގެ ލަކީޑްރޯއަކުން ހޮވިފައިވާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ޓްރާންފާ ކުރުވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ނިޝާދު އަޙްމަދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ