ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުވެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައި ގަންނަވައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު ގާސިމްގެ މައްޗަށް ކުރާ ދައުވާތައް ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުވެވަޑައި ނުގެންނެވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށް ލާފައެވެ.
ނަމަވެސް މިމަހުގެ 12 ވަނަ ދުވަހު އަލުން އެދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅައި، ޝަރީއަތް މިއަދު ފެށުމަށް އެޖެންޑާކޮށް މިއަދު ހެނދުނު 10:00 އަކަށް ގާސިމް ކޯޓަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.
ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ ޤާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ދައުވާ އެވެ. މި ހުރިހާ ދައުވާ އަކަށް ވެސް ގާސިމް އިބްރާހިން ވަނީ އިންކާރު ކުރައްވާފައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ