ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖާއި ހުޅުމާލެއާއި ދެމެދުގެ ހައިވޭގައި މިރޭ އިރުއޮއްސުނު އިރު ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންބުނީ މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ ފެންސްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން އެއް އަހަރުގެ ކުއްޖަކަށް ކަމުގައެވެ.ކުއްޖާގެ ބޮލުން ގާތްގަނޑަކަށް ތިން އިންޗި ކަފައިގެން ގޮސްފައިވާއިރު، އޭޑީކޭގައި މިހާރު ފަރުވާދެމުން ދާކަމަށާއި ކުއްޖާގެ ބޮލުގެ ސީޓީ ސްކޭނެއް މިރޭ ހަދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.ސައިކަލު ދުއްވި 46 އަހަރުގެ މީހާއަކީ ލައިސަންސް އޮތް މީހެއްކަމަށްވެސް ފުލުހުން ބުނެއެވެމީގެ އިތުރުން ސައިކަލު ދުއްވި މީހާއައި ކުޑަކުއްޖާވެސް އިނީ ހެލްމެޓް އަޅައިގެންކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ