މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރަށް މެމްބަރުން އިންތިހާބު ކޮށްފި އެވެ.
މި އިންތިހާބުގައި މީޑިއާ ކައުންސިލަށް މީޑިއާތަކުން އަށް މެމްބަރުން އަދި އަމިއްލަގޮތުން ވާދަކުރާ ހަތް މެމްބަރަކު އިންތިހާބުކޮށްފައިވެއެވެ. ޖުމްލަ 15 މެމްބަރުންތިބޭ މީޑިއާ ކައުންސިލްގެ ދެ މެމްބަރެއްގެ ދައުރު ހަމަނުވާތީ މިއަދު އިންތިހާބުކޮށްފައިވަނީ 13 މެމްބަރުންނެވެ.
ހޯމްމިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި މިއިންތިހާބުގައި ވޯޓް ލުމަށް 86 ނޫސް ވަނީ ރަޖިސްޓުރީ ކޮށްފައެވެ. އަދި ރަޖިސްޓްރީ ކުރި 86 ހަ ނޫހުން ވެސް ވޯޓް ވަނީ ލައިފައެވެ.
މި އިންތިހާބުގައި ޖުމްލަ 29 މެމްބަރަކު ވާދަކުރިއެވެ. އެއީ މީޑިއާތަކުން ވާދަކުރި 17 މެމްބަރަކާއި އަމިއްލަ ގޮތުން ވާދަކުރި 12 މެމްބަރުންނެވެ.
މިއަދު ބޭއްވި އެމްއެމްސީގެ އިންތިހާބުގައި މީޑިއާތަކުން އެންމެ ގިނަ ވޯޓް ލިބުނީ، ވީމީޑިއާގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު އަށެވެ. ރިފާއުއަށް ޖުމްލަ 69 ވޯޓް ލިބިފައިވެއެވެ. ދެ ވަނައަށް އެންމެ ގިނަ ވޯޓް ލިބުނީ ސަން މީޑިއާގެ އަހުމަދު މުޖްތަބާއަށެވެ. އޭނައަށް ލިބުނީ ޖުމްލަ 57 ވޯޓެވެ. ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނީ ފީއެސްއެމްގެ ފަޔާޒް ޔޫސުފް އަށެވެ. އޭނައަށް ޖުމްލަ 55 ވޯޓް ލިބުނެވެ. ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނީ ބަހުރު މަޖައްލާގެ އަބްދުލް މުއީދު ހަސަން އަށެވެ. އޭނާއަށް ޖުމްލަ 44 ވޯޓް ލިބުނެވެ. އަދި ފަސް ވަނައަށް 41 ވޯޓާއެކު ވީއެފްޕީގެ މިސްބާހު އައްބާސް ހޮވުނުއިރު، ހަ ވަނަ އަށް ހޮވުނީ އަސްދަނޑި މަޖައްލާގެ ހަސަން ޝާކިރު މުހައްމަދުއެވެ. އޭނާއަށް ލިބުނީ ވެސް 41 ވޯޓެވެ.
މީގެ އިތުރުން ހިތާދޫ އޮންލައިންގެ ފަރާތުން ކުރިމަތިލި އަހުމަދު އާޒިފްއާއި މިހާރު ނޫހުން ކުރިމަތިލި އަހުމަދު ހަމްދޫން އާއި ވޯޓުގެ ގޮތުން އެއްވަރު ވުމުގެ ސަބަބުން މި ދެ ކެނޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ދެބޭފުޅުން ނަށްވެސް ލިބިފައި ވަނީ ޖުމްލަ 40 ވޯޓެވެ. މީޑިއާތަކުން މީޑިއާ ކައުންސިލަށް ހޮވޭ ހަތް ވަނަ މެމްބަރަކު އަންނާނީ މި ދެ ކެނޑިޑޭޓުންގެ ތެރެއިންނެވެ.
އެމްއެމްސީއަށް އަމިއްލަގޮތުން ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އާދައުރަށް އިންތިހާބު ވެފައިވަނީ އަހުމަދު އަބީރު އިސްމާއީލް އާއި ޝައުފާ ހުސައިން އާއި މުހައްމަދު އާޒިމް އަބްދުލް ހާދީ އާއި އަންވަރު އިބްރާހީމް އާއި އަސްއަދު ޝަރީފު އަދި މަރިޔަމް ހަލީލު އެވެ.
ވީމީޑިއާގެ އަހުމަދު ރިފާއު އެމްއެމްސީއަށް އިންތިޚާބުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ