ޑޮކްޓަރުންގެ ދުވަސް: ރައީސް ޞާލިޙްގެ ތައްރީފާ ޝުކުރު ޑޮކްޓަރުންނަށް އިމެއް މިނެއް ނެތި އޮއްސަވާލައްވައިފި!

މިއަދު ފާހަގަކުރާ ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނުޙައްމަދު ޞާލިޙްގެ ތައްރީފާއި ޝުކުރު ޑޮކްޓަރުންނަށް އިމެއް މިނެއް ނެތި އޮއްސަވާލައްވައިފިއެވެ.
މިއަހަރުގެ ޑޮކްޓަރުންގެ ދުވަސް އައި އިރު ރާއްޖޭގެ ޑޮކްޓަރުން ކުރައްވަމުން ގެންދަވާ ބުރަ އަދި އަގުހުރި ޚިދުމަތްތައް ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވައިފައެވެ. އަމިއްލަ ފުރާނައިން ރިސްކް ނަންގަވައިގެން ޞިއްޙީ ދާއިރާގެ ހުރިހާ ޚިދުމަތް ތެރިން، ރައްޔިތުން ކޮވިޑް 19 އިން ސަލާމަތްކުރެވޭތޯ ކޮންމެ ދުވަހަކު ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޞާލިޙް ވަނީ އެންމެހައި ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖޭގެ ހުރިހާ ޞިއްޙީ ޚިދުމަތްތެރިންނަށް ހަމަ އައްސަރިބަހާއި ސާބަހެވެ!
#MaldivianDoctorsDay this year arrives at a time when the service and sacrifice of our doctors to the nation is on profound display. We owe our medical professionals an immense debt of gratitude for the risks they undertake daily to keep us safe from COVID 19. My sincere thanks.
— Ibrahim Mohamed Solih (@ibusolih) April 18, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ