ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ 40+ ޕްރިމިއާކޮށްދެއްވާނީ ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ އަހަރުގެ ބޮޑު ފިލްމު "40+" ޕްރިމިއާކުރުމަށް މާދަމާ ރޭ ބާއްވާ ޚާއްސަ ހަފްލާގެ ޝަރަފްވެރި މެހެމާނަކީ ރައީސް މައުމޫންކަމަށެވެ. ޝަފީގް ވަނީ 40+ގެ ޓީމުން ރައީސް މައުމޫނަށް ދެއްވި ދައުވަތު އެމަނިކުފާނު ގަބޫލުފުޅުކުރައްވާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
"އަޅުގަނޑުމެންގެ މުޅި ފިލްމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ރައީސް މައުމޫން ފިލްމު އިފްތިތާހުކޮށްދެއްވުމަށް ވަޑައިގެންދެއްވާކަން. މިކަމުން ހާމަވަނީ ރައީސް މައުމޫންގެ ހިތްޕުޅުގައި ދިވެހި ފިލްމީ ދާއިރާއަށް އަދިވެސް އޮތް ލޯތްބާއި ޝައުގުވެރިކަން. ހަގީގަތުގައި ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހި ފިލްމީ ދާއިރާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ. މިއީ ފޮރުވެންނެތް ހަގީގަތެއް." ޝަފީގް ބުންޏެވެ.
ޝަފީގު ބުނީ ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ޕްރިމިއާ ނައިޓްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
"މިނިސްޓަރު ޔުމްނާވެސް ފެންނަނީ ވަރަށް ތަފާތު ބޭފުޅެއްގެ ގޮތުގައި. ހަގީގަތުގައި ވަރަށް ބޮޑަށް ފިލްމީ ދާއިރާއަށް އެހީތެރިކަން ދެއްވަމުން ގެންދަވަނީ. ކަންކަން އިސްލާހުކޮށް، އަޅުގަނޑުމެންނަށް ފަސޭހަގޮތްތައް ހޯދާދިނުމަށް މަސައްކަތްކުރައްވާ ބޭފުޅެއް މިނިސްޓަރަކީ." ޝަފީގް ބުންޏެވެ.
40+ ޕްރިމިއާކޮށްދެއްވާނީ ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ