ތައިލެންޑްގެ އޮނަރަރީ ކޮންސުލްގެ މަގާމަށް އަހުމަދު އަލިމަނިކު އައްޔަންކުރައްވައިފި

ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް މާފަންނު މާކޯނި، އަލްފާޟިލް އަހުމަދު އަލިމަނިކު އައްޔަނު ކުރައްވައިފިއެވެ.
އޮނަރަރީ ކޮންސުލްއަކީ، އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމްކޮށްފައި ނުވާ ޤައުމުތަކުގައި އެޤައުމެއް ތަމްސީލް ކުރުމަށް އެޤައުމެއްގެ ސަރުކާރަކުން ކަނޑައަޅާ ފަރާތެކެވެ.
މިގޮތުން ތައިލެންޑް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަޤާމަށް އައްޔަނު ކުރެއްވި، އަލްފާޟިލް އަހުމަދު އަލިމަނިކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބުދުﷲ ޝާހިދެވެ.
ލިޔުން ހަވާލުކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އަހުމަދު އަލި މަނިކަށް މަރުހަބާ ވިދާޅުވެ، އަދި ކުރިޔަށް އޮތްތަނުގައި ރާއްޖެއާއި ތައިލެންޑުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ