ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު މާދަމާ ހަވީރު ކުޅޭ ގޮތަށް އެފްއޭއެމުން ބަދަލުކޮށްފި އެވެ.
ކުރިން މި މެޗު ފަށަން ކުޅެން ހަމަޖެހިފައި އޮތީ މާދަމާރޭ 9 ޖަހާއިރު އެވެ. މިހާރު ހަމަޖެހިފައި އޮތްގޮތުން ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރު 15:50 ގަ އެވެ.
އަހަރުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކުރަނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ. ޓީސީ މި ފަހަރުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި މާޒިޔާ ބަލިކުރުމަށް ފަހު އެވެ. އަދި 2014 ވަނަ އަހަރުގެ ރަނަރަޕް އީގަލްސް މި ފަހަރުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.
މި ދެޓީމް ވަނީ މިއަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކޮށްފައެވެ. ފައިނަލުގައި އީގަލްސް އަތުން ޓީސީ ބަލިވީ 5-3 އިންނެވެ. ޓީސީ ވަނީ މާޒިޔާގެ ފަހަތުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދާފަ އެވެ. ވާދަވެރި އީގަލްސް އަށް ލިބުނީ ތިންވަނަ އެވެ. މީގެ އިތުރުން އެފްއޭ ކަޕުން އީގަލްސް ކެޓީ ކުއާޓާގައި ޓީސީ އަތުންކަން ފާހަގަކޮށްލެވެ އެވެ. މާދަމާ ހަވީރު ފައިނަލަށް މި ދެ ޓީމު ނުކުންނައިރު ދެ ޓީމަށް ވެސް ފުރަތަމަ ޑިވިޝަންގައި އަދި މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ޕްރެޒިޑެންޓްސް ކަޕް ފައިނަލް މާދަމާ ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ