ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާގެ ރައީސް އާއި ބައްދަލުކުރައްވައިފި

ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސްއާއިއެކު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވެވި ބައްދަލުވުމުގެ ބައެއް ފޮޓޯއާއެކު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި އިންޑިއާގެ އެކުވެރިކަމުގެ އާޒަމާނަކަށް އަލިވިލިފައި ވާކަމަށެވެ.
ފޮރިން މިނިސްޓަރ ޝާހިދާއި އެކު އިންޑިއާއަށް ވަޑައިގަތް ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙުމަދު ޚަލީލާއި، ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ