މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް ގެންނަން ބޭނުން: އަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ގެންނަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބަދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު، އެ އިދާރާގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
ރިޔާޒް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެނައުމަކީ ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕާއި އެޕާޓީގެ ކައުންސިލުން ބޭނުންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ގޮތެއް ނިންމާނީ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގެ މެދުގައި މަޝްވަރާކުރައްވައިގެން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް އަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނީ އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ