2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ނިންމާފައިވާކަމަށާއި ﷲ އިރާދަފުޅު ކުރެއްވިއްޔާ 2018 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓުންގެ ލިސްޓްގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން މިހާރު ނިންމަވާފައިވާކަމަށާއި ކުރިމަތިލައްވަން ނިންމަވާފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
“އަޅުގަނޑު ރިޔާސީ އިންތިހާބުގަ ކުރިމަތިލާން ނިންމައިފިން، ގައުމުގެ އިސް ފަރާތްތަކުގެ ތާއީދު އަޅުގަނޑަށް މިކަމުގައި ލިބޭނެ” އުމަރު ވިދާޅުވިއެވެ.
ނަމަވެސް އެ އިސް ފަރާތްތަކަކީ ކޮބައިކަން އަދި ހާމަކުރެވެން ނެތްކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އިންތިހާބުގައި ވާދަ ކުރާނޭ ދޮރެއް ބަންދުވެއްޖެނަމަ އިތުރު ދޮރެއް ހުޅުވޭނެ ކަމަށާއި ޓާގެޓަކީ 2018 ގެ އިންތިހާބުގައި ވާދަކޮށް ﷲގެ ރަހްމަތްފުޅާއެކު އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.
2018 ގެ ރިޔާސީ އިންތިހާބު ކެނޑިޑޭޓުން ލިސްޓްގައި އަޅުގަނޑުގެ ނަން އޮންނާނެ: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ