ދުވަހަކު ވެސް މުހައްމަދު ނަޝީދު އާއި ގުޅިގެން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރާނެ ކަމަށް ގާސިމް އިބްރާހިމް ތަކުރާރުކޮށް ބުނެފަ އުނބަށް ޖަހައިފި ކަމަށް ޖޭޕީގެ ޒުވާނުންގެ ގޮފީގެ ކުރީގެ މެންބަރު މޫސާ އަންވަރު ވިދާޅުވެއްޖެ އެވެ.
މޫސާ އަންވަރު މިހެން ވިދާޅުވީ ޖޭޕީ އާއި އެމްޑީޕީ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދަށް ތައުރީފު ކޮށް ގާސިމް ވާހަކަދައްކަވާފައި ވަނިކޮށް ކުރެއްވެވި ޓްވީޓެއްގަ އެވެ.
ގާސިމް ނަޝީދަށް ތައުރީފު ކޮށް މިރޭ ވާހަކަފުޅު ދައްކަވާފައިވާއިރު 2013ގެ ރިޔާސީ އިންތިޙާބު ނާކާމިޔާބު ވެއްޖެނަމަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާނެ ކަމަށާއި އަދި ނަޝީދުގެ ސިޔާސަތުތަކަށް ގާސިމް ވަރަށް ބޮޑަށް ފާޑުކިޔާ ވާހަކަ ދައްކާފައިވާ އޯޑިއޯ އެއް މިރޭ އިންޓަނެޓްގައި ދަނީ ދައުރު ވަމުންނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އާންމުވި މިއޯޑިއޯ މިރޭ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝެއާ ކޮށް ގިނަ ބަޔަކު ދަނީ ގާސިމް އަށް ފާޑުކިޔަމުންނެވެ.
އޯޑިއޯގައި ގާސިމް ވިދާޅުވެފައި ވަނީ ނަޝީދުގެ ވެރިކަމުގައި ޤާނޫނު އަސާސީ އާއި ހިލާފަށް ވަރަށް ގިނަ ކަންތައްތައް ކުރެއްވި ކަމަށެވެ. ވެރިކަމުގެ އިތުރު ދައުރެއް ނަޝީދަށް ލިބިއްޖެ ނަމަ "އެކަމުގެ ސަބަބުން ޤާނޫނު އަސާސީ އިން ލިބިދޭންޖެހޭ ޙައްޤުތައް ނުލިބި ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި އަޅުގަނޑުމެން ހުރިހާ ޒުވާނުންގެ މުސްތަގުބަލް ހަލާކުވެގެންދާނެ ގޮތައް ބައްޓަންކުރެވި އަޅުގަނޑުމެންގެ ތެރޭގައި މިއޮތް މިނިވަންކަން ގެއްލި ބޭރު ބައެއްގެ އަތްމައްޗަށް ދާނެ" ކަމަށް ގާސިމް ވިދާޅުވާ އަޑު އޯޑިއޯގައި އިވެ އެވެ.
"ދުވަހަކުވެސް ނަޝީދާއި އެކު ސިޔާސީ މަސައްކަތެއް ނުކުރާނެކަމަށް ގާސިމް ބުނެފަ އުނބަށް ޖަހައިފި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ