ކަރަންޓުގެ އަގު ކުޑަ ނުކުރާ ނަމަ ހަޅުތާލު ހުއްޓައެއް ނުލާނަން: އައްޑޫ ވިޔަފާވެރިން

އައްޑޫގެ ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް ބިލަށް މިދިޔަ މާޗް މަހުން ފެށިގެން ގެނައި ބަދަލު އަނބުރާ ނުގެންދާ ނަމަ ހަޅުތާލު ހުއްޓާ ނުލާނެ ކަމަށް އައްޑޫގެ ވިޔަފާވެރިން ބުނެފި އެވެ. ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ވިޔަފާރިވެރިން އެކުލަވާލައިފައިވާ ސްޓިއަރިން ކޮމިޓީގެ މެމްބަރު މުހައްމަދު ސައީދު (މުއްލާ) މިއަދު "ހަވީރަ"ށް ބުނީ މާޗް މަހުގެ ކުރިން، ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓަށް ބިލް ކުރަމުން ދިޔަ ގޮތަށް ބިލް ނުކުރާ ނަމަ ހަޅުތާލު ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބޮޑުކޮށް ފޮނުވި މާޗް މަހުގެ ކަރަންޓް ބިލް ވެސް ވިޔަފާވެރިން ނުދައްކާނެ ކަމަށް އޭނާ ބުންޏެވެ. އެހެންވެ މި މައްސަލަ އަށް ހައްލެއް ހޯދައި ދޭން ވިޔަފާވެރިން ވަނީ ފެނަކަ ކޯޕަރޭޝަންގައި އެދިފަ އެވެ. ސައީދު ބުނީ މި މައްސަލާގައި ފެނަަކަ އައްޑޫ އޮފީހާ ވާހަކަ ދެއްކުމުން، ވިޔަފާވެރިންގެ ކަންބޮޑުވުންތައް ފެނަކަގެ އިސް މެނޭޖްމަންޓަށާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ޖަވާބެއް ވިޔަފާރިވެރިންނަށް ނުލިބެ އެވެ. އެހެންވެ މިއަދު އަނެއްކާ ވެސް ވިޔަފާވެރިން ވަނީ ފެނަކަ އައްޑޫ އޮފީހަށް ސިޓީއެއް ލާން މަސައްކަތް ކޮށްފަ އެވެ. ފެނަކަގެ ރީޖަނަލް ޑިރެކްޓަރު ޒުހައިރު އާ ބައްދަލު ކުރަން މިއަދު ދިޔަ ވިޔަފާވެރިންތަކެއް: އެ މީހުން ބުނީ ކުރީގެ ރޭޓަށް ކަރަންޓްގެ އަގު ކުދަ ނުކުރާ ނަމަ ހަޅުތާލު ކުރުން ހުއްޓާ ނުލާނެ ކަމަށް. ފޮޓޮ/ ކިއުންތެރިއެއް އެކަމަކު ފެނަކައިގެ އައްޑޫ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) އޮފީހުގައި ނޫޅުއްވާތީ އޭނާ އާ އެ ސިޓީ ހަވާލު ކުރެވޭ ގޮތެއް ނުވި އެވެ. "އަޅުގަނޑުމެން މި ތިބީ މިކަން ހުއްޓާލާ ކަހަލަ ގޮތަކަށް ނޫން. ކުރިން ވެސް ކަރަންޓަށް އަގު ނަގަމުން ދިޔަ ރޭޓުން އަޅުގަނޑުމެންގެ އަތުން ނަގަން ޖެހޭނީ. އެ ނޫން ގޮތަކަށް ވިޔަފާވެެރިންގެ އަތުން ފައިސާއެއް ނުލިބޭނެ. ބިލެއް ނުދައްކާނަން އަޅުގަނޑުމެން،" ސައީދު ބުންޏެވެ. "މިއީ އައްޑޫ ރައްޔިތުންނާ ދޭތެރޭ ތަފާތު ކުރުން ގެންގުޅޭ ކަމުގެ ވަރަށް ބޮޑު ހެއްކެއް. ރާއްޖޭގެ އެހެން ތަންތަނުގެ ވިޔަފާރިން އަގު ނަގާ ގޮތާއި އައްޑޫއިން ނަގާ އަގުތަކުގައި އެބަހުރި ބޮޑެތި ތަފާތުތަކެއް. އެހެންވެ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން." ވިޔަފާވެރިން ބުނީ އެ މީހުންގެ ކަރަންޓް ބިލް ބޮޑު ކުރާ ނަމަ، އޭގެ ގެއްލުން އާންމު ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. "މިސާލަކަށް އަޅުގަނޑުމެން ތަކެތީގެ އަގު ބޮޑުކޮށްފި ނަމަ އޭގެ ނޭދެވޭ އަސަރު އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ. އަނެއްކޮޅުން ކުދި ވިޔަފާރިތަކުގެ ގޮތުގައި މި ހުންނަ ކަންމަތީ ފިހާރަތަކަށް ވަރަށް ބޮޑަށް އަސަރު ކުރާނެ. އެފަދަ ގިނަ ތަންތަނަކީ ވިކުރާ އަށް ހިދުމަތް ދޭ ތަންތަން. އެ ތަންތަނުން ވިއްކާ މުދަލުގެ އަގު ބޮޑުވީމަ، ކަސްޓަމަރުންގެ ވިކުރާ އަރާ މިންވަރު ބޮޑުވެ، ވިކުރާ ދައްކަން ދަތިވެ، ވިޔަފާވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބުމަށް އުނދަގޫ ވާނެ،" ސައީދު ބުންޏެވެ. މިސާލަކަށް އަޅުގަނޑުމެން ތަކެތީގެ އަގު ބޮޑުކޮށްފި ނަމަ އޭގެ ނޭދެވޭ އަސަރު އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ. އަނެއްކޮޅުން ކުދި ވިޔަފާރިތަކުގެ ގޮތުގައި މި ހުންނަ ކަންމަތީ ފިހާރަތަކަށް ވަރަށް ބޮޑަށް ގެއްލުން ވާނެ. އެފަދަ ގިނަ ތަންތަނަކީ ވިކުރާ އަށް ހިދުމަތް ދޭ ތަންތަން. އެތަންތަނުން ވިއްކާ މުދަލުގެ އަގު ބޮޑުވީމަ ކަސްޓަމަރުންގެ ވިކުރާ އަރާ މިންވަރު ބޮޑުވެ، ވިކުރާ ދައްކަން ދަތިވެ، ވިޔަފާވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބުމަށް އުނދަގޫ ވާނެ. އެހެން ނަމަވެސް ވިޔަފާވެެރިން ބުނީ ތަކެތީގެ އަގު ބޮޑު ކުރުމަކީ ހައްލެއް ނޫން ކަމަށެވެ. ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން އައްޑޫގެ ބައެއް ވިޔަފާވެރިން ވަނީ އެކަމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު މުޒާހަރާއެއް ވެސް ބާއްވައިފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު ވެސް ބޮޑު މުޒާހަރާއެއް އޮންނާނެ ކަމަށް ސްޓިއަރިން ކޮމިޓީން ބުންޏެވެ. އެ މުޒާހަރާއި، ވިޔަފާވެރިންނާ އެއްކޮށް ބައިވެރިވާން ވީހާ ވެސް ގިނަ އާންމު ރައްޔިތުން ވެސް ނުކުތުމަށް ސްޓިއަރިން ކޮމީޓީން ވަނީ ގޮވާލައިފަ އެވެ. ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އައްޑޫގައި މުޒާހަރާ ކުރަނީ.--- ފޮޓޮ/ ކިއުންތެރިއެއް ފެނަކަ އިން ބުނެފައިވާ ގޮތުގައި ވިޔަފާރި ކުރާ ތަންތަނުގެ މާޗް މަހުގެ ބިލް ބޮޑުވީ ކުރިން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމުން، ހަމަ އަގުގައި ބިލް ހެދުމުން ކަމަށެވެ. އަދި މާޗްގެ ފަހުން ބިލް ހަދާނީ އެނާޖީ އޮތޯރިޓީން 2009 ގައި ފާސްކޮށްފައިވާ ހަމަ އަގުގައި ކަމަށް ފެނަކަ އިން ބުންޏެވެ. ކަރަންޓްގެ އަގަށް ގެނައި ބަދަލަށް ހައްލެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިކުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ. އަދި ކޯޓަށް ވެސް މައްސަލަ ވެއްދުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ