ހުރިހާ ދިމާއަކުން އިސްލާހަށް މަސައްކަތް ކުރެއްވީ ގާސިމް: އަހަންމައިދީ

ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މޭސްތިރިއަކީ ގާސިމް އިބްރާހީމް ކަމަށާއި އެމަނިކުފާނު ފިޔަވައި ހުރިހާ ދާއިރާއަކުން އިސްލާހީ ހަރަކާތް ހިންގަވާފައިވާ ބޭފުޅެއް ނުހުންނާނެ ކަމަށް ސަރުކާރުގެ ކުރީގެ ހިއުމަން ރައިޓުސް އެމްބެސެޑަރު ސަންދާން އަހަންމައިދީ ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އަހަންމައިދީ ވިދާޅުވީ ގާސިމް ބޭނުންފުޅުވީރައްޔިތުން އެދޭ ބަދަލު މިގައުމަށް ގެނެސްދެއްވުމަށް ކަމަށާއި ބައެއް ފަރާތްތަކުން އިސްލާހީ ހަރަކާތުގެ ނަމުގައި ދޮގު ވާހަކަތައް ފަތުރައި ބޭރުގެ އެހީތެރިކަމަށް އެދެމުންދިޔަ ނަވެސް ގާސިމް މަސައްކަތް ކުރެއްވީ ދާހިލީ މި މައްސަލަ އެންމެ ރަނގަޅު ގޮތުގައި ހައްލުކޮށް، ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަށް ކަމަށެވެ.
އާ ގާނޫނު އަސާސީގައި އެންމެ އަކުރެއް ވެސް ނުލިޔެވި ވަނިކޮށް ކަފިކަފިވެފައިވާ މެންބަރުންގެ ހިޔާލު އެއްގޮތް ކޮށް ގާނޫނު އަސާސީ އެކުލަވައިލުމަކީ ގައުމީ މަަސައްކަތެއް ކަމުގައި ދެކެވަޑައިގެން ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ރިޔާސަތަށް ގާސިމް ވަޑައިގަތީ އިސްލާހަށް ކުރައްވާ ލޯތްބެއްގެ ސަބަބުން ކަމަށް ވެސް އަހަންމައިދީ ވިދާޅުވި އެވެ.
"ސަރުކާރު ތެރެއަށް ވަޑައިގެން ވެސް އެމަނިކުފާނު ކުރެއްވީ ހަމަ އެ މަސައްކަތް. ސަރުކާރުގެ ތެރެއަށް ވަޑައިގެންނެވުމުގެ ކުރިން މަގުމަތީ އާއި ސިޔާސީ މައިދާނުގައިވެސް ގާސިމް އިސްލާހީ މަސައްކަތް ކުރެއްވި،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ