މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އުސްފަސްގަނޑު ރޫޅާ ނުލުމަށް ސިވިލް ކޯޓުން ކުރި އަމުރު ބާޠިލް ކުރެވެންނެތް ކަމަށް ހައިކޯޓުން ކަނޑައަޅައި ހުކުމްކޮށްފި އެވެ.
އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގަމުންދާ އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ކުރި އަމުރާ ގުޅިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ޝަރީއަތްކުރުމުގެ އުސޫލްތަކާ އެއްގޮތަށް ކަމަށެވެ.
"ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." ހައިކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ވެއެވެ.
އުސްފަސްގަނޑު ރޫޅާނުލުމަށް ސިލިވް ކޯޓުން ކުރި އަމުރު ބާޠިލް ކުރެވެންނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ