ކުށުގެ އިސްލާހު

ވ. އަންބަރާގައި ގިނަ އަދަދެއްގެ ބަޔަކު މަސްތުވެ، "ޕާޓީ" ކުރަމުން ދަނިކޮށް ފުލުހުން އެރަށަށް އަރާ ހައްޔަރު ކުރި ގިނަ އަދަދެއްގެ މީހުންގެ ތެރޭގައި އޭޑީކޭ އަހުމަދު ނާޝިދުގެ ދަރިފުޅަކު ހުރި ކަމަށް އިއްޔެ ވީނިއުސްގެ ހަބަރުގައި ގެނެސްދީފައި ވަނީ އިއްޔެ އެ ހަބަރު ޑިވެލޮޕްވަމުން ދިޔަ ވަގުތުތަކުގައި އިތުބާރު ހުރި ފަރާތަކުން ތަކުރާރުކޮށް ދިން މައުލުމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް އަންބާރާ ހާދިސާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ނާޝިދުގެ ބޭފުޅަކު ނުހިމެނޭ ކަމަށް އާއިލާއިން ބުނާތީ މިހާރު ވާނީ ހަބަރުގައި ހިމެނުނު އެބައިތައް މުޅީން އުނިކޮށްފަ އެވެ. ވީމާ މި ހަބަރު ގެނެސްދެވުނު ގޮތާމެދު ނާޝިދާއި އާއިލާ، އަދި ކިޔުންތެރިންގެ ފަރާތުން ނިހަޔާތަށް މާފަށް އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ