އަތަށް އެ ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް: އަބްދުﷲ ޝާހިދު

ކޮންމެ ރައްޔިތެއްގެ ވެސް އަތަށް އެ ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް ކަމަށް އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު، އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ލ.ހިތަދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ވެސް އަތަށް އެ ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް ކަމަށާއި އެއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތަކީ ވަރަށް މުގައްދަސް ނިންމުމަކަށް ހުރަސްއަޅާ ފަރާތެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރަށް ގޮތް ހުސްވެ ހަދާނެ ނަހަދާނެ ގޮތް ނޭނގި އެންމެ ފަހުން ގޮސް ވޯޓު ކަރުދާސް ކޮޅުގައި ފާހަގަޖަހާފައި، އެ ވޯޓު ކަރުދާސްކޮޅު ދައްކަން ވެސް ބުނެފާނެ ކަމަށާއި، ކޮންމެ ރައްޔިތަކު ވެސް ވޯޓުލުމަށް ކަނޑައަޅާފައިވާ މަރުކަޒަށް ވަދެ، އެ ލާ ފާހަގަ ދެނެވޮޑިގެންވާން ޖެހޭނީ ހަމަ އެކަނި ހެއްދެވި ފަރާތްކަމުގަ އެވެ.
“ހަނދުމަފުޅުކުރައްވާތި. އަތަށް ލިބޭ ވޯޓު ކަރުދާސްކޮޅަކީ މުގައްދަސް އެއްޗެއް. އެއީ ގާނޫނު އަސާސީން ތިބޭފުޅުންނަށް ކަށަވަރުކޮށްދޭ ހައްގެއް. އިންސާނީ ހައްގެއް. އެ ކަރުދާސްކޮޅު އަތަށް އެރީމާ ގާނޫނު އަސާސީގައި އޮތް ގޮތުގެ މަތިން ގޮސް، ކޮންމެ ރައްޔިތަކު ލާ ވޯޓު އެއީ ސިއްރު ވޯޓެއް” ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މިސަރުކާރުން ހުރިހާ ރަނގަޅު ކަމެއް ފުނޑާލައި ނެތިކޮށް ކޮށާލާފައިވާ ކަމަށާއި، އެއާއެކު ސަރުކާރު ވެސް ރޫޅެމުން ބައިބައިވަމުންދާ ކަމަށެވެ. މި ސަރުކާރު ގެންނަން މަސައްކަތްކުރި އެންމެން ތިބީ ޖަލުގައި ކަމަށާއި، ސަރުކާރުގެ ބަނޑުއަކިރިއަށް ދަންދެން ރޫޅި، ފައިބަމުންދާ ކަމަށް ވިދާޅުވެ އެންމެ ފަހު މީހާއަށް ވާން ނުހުރެ މި ގައުމު އިސްލާހް ކުރުމަށް އަތުކުރި އޮޅާލާފައިވާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީނުގެ ފެކްޝަނަށް ތާއީދުކުރާ ފަރާތްތަކަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ