އަލިފުށި ދާއިރާގެ ބައި އިލެކްޝަން އިޢުލާނުކޮށްފި

ރ. އަތޮޅު ކައުންސިލްގެ އަލިފުށި ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރ. އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށި ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަން ސެޕްޓެމްބަރ 22 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މިބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 8 ވާ ބުދަ ދުވަހުން ފެށިގެން އޯގަސްޓް 21 ވާ އަންގާރަ ދުވަހާއި ހަމައަށް ލިބެން ހުންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެ އެވެ.
ރ. އަތޮޅު ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ އަތޮޅުގައި ހުންނެވި އެމްޑީޕީ ކައުންސިލް މެންބަރު، މުހައްމަދު ޔޫސުފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރ. އަތޮޅު ކައުންސިލްގައި ތިއްބެވީ ޑީއާރުޕީ 6 ބޭފުޅުންނާއި އެމްޑީޕީ ދެބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ އެއް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ