ގަދަ ވއްސާރައިގައި މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިންވެސް ވަޑައިގެންނެވި ކަމަށްޓަކައި މެޑަމްއަށް ޝުކުރިއްޔާ – ހިތާދޫ ރައްޔިތުން

މިހާރު ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރައިގައ، މާ ކަނޑުގެ ބިޔަ ރާލުތަކުގެ ތެރޭގައި ދަތުރުކުރައްވާ ވަޑައިގަތް ކަމަށްޓަކައި ބ.އަތޮޅު ހިތާދޫ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިލަނބަލުން ފާތުމަތު އިބްރާހިމް އަށް ޝުކުރު އަދާކުރައްވައިފިއެވެ.
މާޅޮސް މަޑުލު ދެކުނުބުރީގެ ރަށްތަކަށް މެޑަމް ފާތުން މިހާރު ކުރައްވަމުން ގެންދަވާ ދތުރުފުޅުގެ ތެރެއިން މިއަދު ހިތާދޫ އަށް ވަޑައިގެންނެވިއިރު މޫސުމް ގޯސްކަން ފާހަގަކޮށްލެވެއެވެ.
އެހެނަމަވެސް ވަޔަކަށް ވިސާރަޔަށް ބެއްލެވުމެއް ނެތި އެކަމަނާ ގެންދަވަނީ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރައްވާ އެ ރައްޔިތުންގެ ހާލު އެންމެ ގާތުން ބައްލަވަމުންނެވެ.
ހިތާދޫ އަށް މެޑަމް ކުރައްވާ ދަތުރުފުޅުގައި ޚާއްޞަ އެހީ އަށް ބޭނުންވާ ފަރާތްތަކާ ބައްދަލު ކުރެއްވިއެވެ. އަދި ރަށުގެ ކަނބަލުންނާ ވެސް ބައްދަލު ކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ އިސް ރަށްވެހިންނާ، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެކަމަނާ ވަނީ ރަށުގެ ދިރުން ކަމުގައިވާ އެރަށުގެ ޒުވާނުންނާ ވެސް ބައްދަލު ކުރައްވާފައެވެ.
މިއިން ކޮންމެ ބައްދަލުވުމެއް ވަކި ވަކިން ކުރިއަށްދިޔައިރު، ކޮންމެ ބައްދަލުވުމެއްގައި ވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އައްސަވާ ވި އެންމެ އަވަހަކަށް އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މެޑަމްވަނި އެފަރާތްތަކަށް އަރުއްވާފައެވެ.
ބައްދަލުވުމުގެ ތެރެއިން ރައްޔިތުން ދެއްކެވި ވާހަކައިގައި ބޯ ވިއްސާރައިގައި މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިންވެސް މެޑަމް ރައްޔިތުންނަށްތަކައި ވަޑައިގެންނެވީތީ ނުހަނު އުފާ ކުރާ ކަމަށާ، ރައްޔިތުންގެ ހައްޤުގައި ވެވަޑައިގަންނަވަމުން ގެންދަވާ ޤުރުބާނީއަށް ހާސް ފަށުން ޝުކުރު އަދާކުރާ ކަމަށް ވަނީ ބުނެފައެވެ.
މެޑަމްގެ މި ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ އާ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
މޭދަމް ގެ މި ދަތުރުފުޅުގައި ހިތާދޫ އިން ދެން އެކަމަނާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު މާޅޮހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ